އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޑެސްކް ގަންނަން
ކުޑަކުދިންގެ ޑެސްކު ގަންނަން ބޭނުންވެއްޖެ
ކުޑަކުދިންގެ ކިޔެވުމަށް ބޭނުންކުރާ، ތިރީގައިވާ ދަންނަވާފައިވާ ސްޕެސިފިކޭޝަންގެ 10 ޑެސްކު މި ސްކޫލަށް ގަންނަން ބޭނުންވެއެވެ. ވީމާ، މި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
އަދަދު |
ތަފުސީލު |
10 |
ކުޑަކުދިންގެ މޭޒު (ޑެސްކް) 600x600x500 - ޕްލާސްޓިކް |
މުހިންމު މަޢުލޫމާތު
- ހުށަހަޅާ އައިޓަމުތަކުގެ ސްޕެސިފިކޭޝަން ހުންނަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ފެންވަރަށެވެ.
- ވިއްކާ ތަކެތި މި ސްކޫލުން ޗެކްކުރާއިރު ސްޕެސިފިކޭޝަނަށް ނުފެތޭނަމަ އެ އެއްޗެއް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އެ ތަކެތީގެ ބަދަލުގައި އިތުރު އަގަކާ ނުލައި ސްޕެސިފިކޭޝަނަށް ފެތޭ ތަކެތި މި ސްކޫލަށް ހޯދައިދޭންވާނެއެވެ.
- ތަކެއްޗަށް އަގުދެވޭނީ ހުރިހާ އައިޓަމެއް މި ސްކޫލާ ހަވާލުކުރުމުންނެވެ.
- ހުށަހަޅާ އަގު 25 ދުވަސް ވަންދެން ކެންސަލްކޮށްގެން ނުވާނެއެވެ.
- ތަކެތި ގަތުމަށް ކަނޑައެޅޭނީ ތަކެތި ގަތުމަށް މި ސްކޫލުން ހުށަހަޅާތާ ގިނަވަގެން 20 ދުވަހުގެ ތެރޭގައި ތަކެތި ޑެލިވަރކޮށްދެވޭނެ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑައަގެއް ހުށަހަޅާ ފަރާތަކުން ތަކެތި ގަންނަ ގޮތަށެވެ.
- އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މާރިޗު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.
- އަގު ހުށަހަޅުއްވާނީ މި ސްކޫލަށެވެ. ނުވަތަ މި ސްކޫލުގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅުއްވިދާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ. ނުވަތަ މަތީގައި ދެންނެވިފައިވާ އީމެއިލް މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.
03 މާރިޗު 2016
ހޯދާ