މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު

J-465750

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޯޕަރޭޓް އެފެއަރސް ޑިވިޝަން، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯރޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އޮރެންޖުހިޔާ، ހުޅުމާލެ

މުސާރަ

-/9,700 ރުފިޔާ

މަޤާމުގެ އެލަވަންސް

-/2,910 ރުފިޔާ

ހާޒިރީ ޢިނާޔަތް

-/80 ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

އިތުރު ޢިނާޔަތް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ  ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮންމެ ދުވަހަކު ޖެމްސް، އީ-މެއިލްތައް، ހޮޓްލައިން، އެނޫންވެސް ގޮތްގޮތުން އިދާރާއަށް އަންނަ ލިޔެކިޔުން ބަލައިގަނެ އެންޓްރީ ޝީޓް އަދާހަމަ ފުރިހަމަކޮށް، އިދާރާގެ ވެރިޔާގެ ހުއްދަ އަށް ހުށަހެމަށްފަހުގައި ކަމާގުޅޭ ފަރާތްތަކަށް އެދުވަހަކު ފޮނުވައި، އެކަމެއް ނިމެންދެން އަދާހަމަ ހޯދައި، ހުއްދައާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވައި އަދި ކޭސް ކްލޯސް ކުރެވެންދެން ފޮލޮއަޕް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ފުރިހަމަކުރުން އަދި ކުރުވުން.
  2. ތެލަސީމިއާ ކުދީންނާއި، ލޭ ހޯދާ ފަރާތްތަކާއި، ލޭ ހަދިޔާ ކުރައްވާ ފަރާތްތަކުން އެކި މަންސަތަކާއި ވަސީލަތްތައް މެދުވެރިކޮށް ކުރައްވާ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި އިސްވެ އިންޓަރނަލީ ވިލަރެސްކޮށްގެން ޖަވާބު ހޯދައި، ހުއްދައާއެކު ވަގުތުގައި އެ މަންސަތަކުގައި އަމިއްލައަށްވެސް އަދި އިދާރާއިން ކަނޑައަޅާ މުވައްޒަފުން މެދުވެރިކޮށްވެސް ޞައްޙަ ޖަވާބު ދިނުމާއި އަދި ޚިދުމަތް ހޯއްދަވާ ފަރާތްތަކާއެކު މުއާމަލާތް ކުރުމުގެ މަސައްކަތް ނިންމުން.
  3. އަހަރީ ރިޕޯރޓް އެކުލަވާލުމަށްޓަކައި، އިދާރާގެ ދުވަހު ޔައުމިއްޔާ، ކޮންމެ މަހަކު، ކޮންމެ ހަފްތާއަކު ހުރިހައި ޑިވިޜަން، ސެކްޝަން، ޔުނިޓްތަކުން ކުރާ މަސައްކަތުގެ ތަފާސްހިސާބު އަދި ތަފްސީލް ގަވައިދުން ހޯދައި ރިޕޯރޓް ޑްރާފްޓް ގަވައިދުން އެކުލަވާލަމުން ގެންދިޔުން އަދި އެހީތެރިވުން.
  4. މާލިއްޔަތު ޤާނޫނާ އެއްގޮތަށް، އިރުޝާދު ހޯދައިގެން، އިދާރާގެ ބަޖެޓު ޑްރާފްޓް އެކުލަވާލުމާއި، ޚަރަދުކުރުމާއި އަދި ތަކެތި ހަވާލުކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮންމެ ދުވަހަކު ފުރިހަމަކުރުން އަދި އެކަމުގައި އެހީތެރިވެދިނުން.
  5. އިދާރާގެ ބައްދަލުވުންތައް ހުއްދައާއެކު ކަލަންޑަރުކޮށް، ދައުވަތު ފޮނުވައި، ހާޒިރީ ނަގައި، ޔައުމިއްޔާ ފޯރމެޓްގައި ނަގައި، ހުއްދަ ހޯދައި، ނިންމުންތައް ހަވާލުކޮށް، ނިންމުންތައް މޮނީޓަރކޮށް، މަސައްކަތްތައް ފުރިހަމަކުރާކަން މޮނީޓަރކޮށް އަދި މަސައްކަތް ނިންމެންދެން ފޮލޮއަޕް ހެދުން.
  6. ފްރަންޓް އޮފީސް، ސެކިއުރިޓީ އަދި އެޓަންޑަންޓުން މުވައްޒަފުން ދުރާލައި ޑިއުޓީތައް ހަމަޖައްސައި، އުސޫލުތަކަށް އަހުލުވެރިކުރުވައި، މަސައްކަތް މޮނީޓަރކޮށް، މަގުދެއްކުމާއި، ކޮންމެ މަހަކު ގަވައިދުން މަސައްކަތުގެ ފެންވަރު ބެލުމާއި، އިސްލާޙީ ފިޔަވަޅު އެޅުމާއި އަދި ހަވާލުކުރެވޭ އެފަދަ އެންމެހާ މަސައްކަތްތައް ގަވައިދުތަކާއި އަދި އުސޫލުތަކާ އެއްގޮތަށް އިސްނަގައިގެން އަވަހަށް ފުރިހަމަކުރުން.
  7. އިދާރާގެ އޮޕަރޭޓިންގ ލައިސަންސާއި، ޚިދުމަތާ ގުޅޭ ހުއްދަތަކާއި، ސާރވިސް ލިސްޓް އަދި ސާރވިސް ޗާރޓާރ އަދާހަމަ ކުރުމާއި، ޞިއްހީ ޚިދުމަތްތެރިންނަށް ބޭނުންވާ އެކިއެކި ހުއްދަތައް މުއްދަތު ހަމަވޭތޯ ބެލުމާއި އައު ކުރުވުމާއި، ވިލަރެސްކުރުމާއި އަދި މިފަދަ ލިޔުންތަކުގެ ރިކޯޑް ބެލެހެށްޓުން.
  8. ޓްރެއިނިންގ، ވޯކްޝޮޕް، ރިލީސް އަދި ސެމިނާރތަކުގައި މުވައްޒަފުން ބައިވެރިކުރުމާއި ގުޅޭކަންކަމުގެ މަސައްކަތް އިރުޝާދު ހޯދައިގެން ފުރިހަމަކުރުން އަދި ރިކޯޑް ބެލެހެށްޓުން.
  9. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅޭ ލިޔެކިޔުން ސާރވަރ ފޯލްޑަރުތަކާއި އަދި ބޮކްސްފައިލް ތަކުގައި ކޮންމެ ދުވަހަކު ހުންނަވާ ތަންތަނުގައި ފައިލްކޮށް، ކަމާގުޅޭ އަދާހަމަ ރިކޯޑް ޝީޓްތައް ބަލަހަށްޓައި މައުލޫމާތު ފުރިހަމަކޮށް ތަރުތީބުން ލިޔެކިޔުން ބެލެހެށްޓުމުގައި ޒިންމާވުން އަދި ކުރުވުން.
  10. މިސަރވިސަސްއިން ދުވަހުން ދުވަހަށް އާންމުކޮށް އަންގަން ޖެހޭ އިޢުލާންތައް އޮންނަ އުސޫލާއި އަދި އިރުޝާދާ އެއްގޮތަށް ހުއްދަ ލިބިގެން ކުރުމާއި އަދި މުވައްޒަފުންނަށް އަންގަން ހަވާލުކުރައްވާ އެންގުންތައް އަދި އުސޫލުތައް އަންގައި އަދި ލިޔުމުން މުވައްޒަފުންގެ ސޮއި ހޯދުމުގެ މަސައްކަތެއް ނިންމެންދެން ފުރިހަމަކުރުން.
  11. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށްގެންދާ ޚާއްސަ ދުވަސްތައް ފާހަގަ ކުރުމާއި، ބްލަޑް ޑޮނޭޝަން ކޭމްޕްތަކާއި، އެޑްވޮކަސީ އިވެންޓް ތަކާއި އަދި އެފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ އިންތިޒާމު ކަލަންޑަރު މެދުވެރިކޮށް ހަމަޖައްސައި، ބައިވެރީންނާ ބައްދަލުކޮށް ހަރަކާތް އިންތިޒާމުކުރުމާއި އަދި ބައިވެރިވުމުގެ މަސައްކަތްކޮށް އަމަލީ ގޮތުންވެސް ބައިވެރިވުން ދިނުން.
  12. މޯލްޑިވިއަން ބްލަޑް ސާރވިސްގެ ޑިރެކްޓަރ ޖެނެރަލްގެ ސެކެޓްރިއޭޓްގެ މަސައްކަތްތައް ފުރިހަމަކުރުމުގައި ކަލަންޑަރކޮށް، ދަތުރުތައް ހަމަޖައްސައި، މުއާމަލާތްތައް ފުރިހަމަކޮށް ލިޔެކިޔުންތައް ފުރިހަމަކުރުން އަދި ކޮންމެ ދުވަހަކު އަދާހަމަ ދިނުން.
  13. އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގޮތުން ހަވާލު ކުރެވޭ އެންމެހާ މަސައްކަތްތައް ގިނަ ވަގުތު ހޭދަކޮށްގެން އަމިއްލައަށްވެސް ނިންމުމާއި އަދި ނިންމާކަން ކަށަވަރުކުރުމުގައި އެހީތެރިވެ ކޮންމެ ދުވަހަކު ކުރެވޭ މަސައްކަތުގެ އަދާހަމަ ސުޕަވައިޒަރަށް ލިޔުމުން ފޮނުވުން.
  14. ސިއްޚީ އެމަރޖަންސީތަކާއި، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

 

 

 

 

 

 

 

 ތަޢުލީމީ ރޮނގުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީއެއް ހާސިލްކޮށްފައިވުން.
  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެޑްމިނިސްޓްރޭޝަން  
  4. އޮޑިޓިންގ  
  5. ބިޒްނަސް  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް މެނޭޖްމަންޓް  
  8. ކޮމާރސް  
  9. ފައިނޭންސް  
  10. ފައިނޭންޝަލް މެނޭޖްމަންޓް  
  11. ފައިނޭންޝަލް ޕްލޭނިންގ  
  12. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  13. އިންޓަރނަލް އޮޑިޓިންގ  
  14. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  15. އިސްލާމިކް ފައިނޭންސް  
  16. މެނޭޖްމަންޓް  
  17. ނާސިންގ  
  18. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  19. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  20. ޕަބްލިކް ފައިނޭންސް  
  21. ޕަބްލިކް މެނޭޖްމަންޓް 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން: ނެތް                                            

މަޤާމުގެ ކޯ ޑިސިޕްލިން: ނެތް                                                

ގުޅޭ ވަޒީފާގެ ދާއިރާ

  • އިދާރީ ހިންގުމާގުޅޭ މަސައްކަތްތަކާއި އެޑްމިނިސްޓްރޭޝަނާ، ހިއުމަން ރިސޯސްއާއި، ފައިނޭންސްއާ ގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:           

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން                       

             30  

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު       

             5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ       

             5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)          

             25

އިންޓަރވިއު                                

             35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 03 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު،ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2026 ޑިސެންބަރު މަހުގައި މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3350155 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

                                             

                              

                                                         

28 ނޮވެންބަރު 2026
ހޯދާ