ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ފިއްލަދޫ ކައުންސިލް މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ "ފިއްލަދޫ ކައުންސިލް މަސްރޭސް 2026" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

                 މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭހެއް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މި މަސްރޭސް އޮންނާނީ 12 ޑިސެންބަރ 2026 ވާ (ހޮނިހިރު) ދުވަހުއެވެ.

 

މުބާރާތުގައި ހޮވުމަށް ކަނޑައަޅާފައިވާ ވަނަތަކާއި އިނާމުތައް ތިރީގައިއެވަނީއެވެ.

(ހ) އެއްވަނަ ޓީމް - 5000 ރުފިޔާ

(ށ) ދެވަނަ ޓީމް - 3000 ރުފިޔާ

(ނ) ތިންވަނަ ޓީމް - 1500 ރުފިޔާ

(ރ) އެންމެ ބަރުމަސް ބާނާ ކެޔޮޅު - 500 ރުފިޔާ

 

            ވިމާ މަސްރޭހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވައި 09 ޑިސެންބަރު 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މެއިލް ކުރާނީ               

[email protected] އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިދާރާއިން ލިބެންހުނާނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

26 ނޮވެންބަރު 2026
ހޯދާ