އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނިވެރިންގެ ހިޔާ ހަދައިދޭނެ ފަރާތެއް ހޯދުން:

މި ކައުންސިލްގެ ނަންބަރު: 340/340/2026/51(IUL) އިޢުލާނާގުޅިގެން މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާފައިވާ އަގަކީ މި މަސައްކަތަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުއަކަށްވާތީ އެ ހުށަހެޅުން ބާޠިލްކޮށް އަލުމް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތްކުރުމަށް ސަރުޠުހަމަވާ ފަރާތްތަކުގެ ތެރޭން މި މަސައްކަތްކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް، އެންޓިޓީ (ވިޔަފާރި/ކުންފުނި/ޕަރޓްނަރޝިޕް)ގެ ނަމާއި ގުޅޭނެ ނަންބަރު އަދި ވެރިފަރާތުގެ މަޢުލޫމާތު މި ކައުންސިލްގެ އީމެއިލް [email protected] އަށް 2026 ޑިސެންބަރު 12 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް ދަންނަވަމެވެ. މުއްދަތު ހަމަވުމުގެ ކުރިން ރަޖިސްޓްރީކުރުމަށް މަޢުލޫމާތު މެއިލް ނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ މިންގަނޑުތަކާއި އިރުޝާދުތަކާއި މަސައްކަތުގެ ތަފްސީލް މަޢުލޫމާތުތަކާއި އެވޯޑުކުރާނެ ފަރާތެއް ކަނޑައަޅާނެ ކްރައިޓޭރިއާ، ހިމެނޭ ބިޑް ޑޮކިއުމަންޓް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. މި މަސައްކަތާއި ގުޅޭ ލިޔެކިތުންތަކުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ.    

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 2026 ޑިސެންބަރު 8 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް ސުވާލުތައް މެއިލްކުރުމުން، ޖަވާބުތައް 2026 ޑިސެންބަރު 9 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވޭނެއެވެ.

މި މަސައްކަތްކޮށްދިނުމަށް ބިޑް ހުށަހަޅާނީ މަޢުލޫމާތު ޝީޓާއެކު ހިމަނާފައިވާ އަގުހުށަހަޅާ ފޯމާއެކުއެވެ. ބިޑް ހުށަހަޅާނީ 2026 ޑިސެންބަރު 13 ވަނަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ހާޒިރުވެއެވެ. ބިޑް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ މީހާގެ މަޢުލޫމާތާއި ހައިސިއްޔަތު ބަޔާންކޮށް ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.  

26 ނޮވެންބަރު 2026
ހޯދާ