މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޙިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) އަށް "ސްނޯކަލިންގ" އަދި "ޑައިވިންގ" އަށް ގެންދާ ފަރާތްތައް އުފުލުމުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ޕްރޮޕެލާގާޑް ހަރުކުރުމާ ބެހޭ

          ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން 5 ޖޫން 2009 ގައި، ނަންބަރު 19/2009/EE-138 އިޢުލާނުން ޙިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ މެނޭޖްމަންޓް ޕްލޭންގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ސްނޯކަލިންގ" އަދި "ޑައިވިންގ" އަށް ގެންދާ ފަރާތްތައް އުފުލުމުގައި ބޭނުންކުރާ އުޅަނދުފަހަރުގައި ޕްރޮޕެލާގާޑް ހަރުކުރަންވާނެކަމަށް ބަޔާންކޮށްފައިވީ ހިނދު، އެ އުނޅަދުތަކުގައި 31 ޑިސެންބަރު 2026 ގެ ކުރިން ޕްރޮޕެލާގާޑް ހަރުކުރަންވާނެ ކަމަށް އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާނެއެވެ.

            އެހެންކަމުން، 31 ޑިސެންބަރު 2026 ގެ ފަހުން މި ސަރަހައްދުގައި "ސްނޯކަލިންގ" އަދި "ޑައިވިންގ" އަށް ގެންދާ ފަރާތްތައް އުފުލުމުގައި ބޭނުންކުރެވޭނީ ޖެޓް އިންޖީނުލީ ނުވަތަ ޕްރޮޕެލާގާޑު ހަރުކޮށްފައިވާ އުޅަނދުފަހަރުތައް ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

             ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2026
ހޯދާ