ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
އެޑްމިނިސްޓަރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓަރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ވޭމަންޑޫ ސްކޫލް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ ސެކްޝަން، ތ. ވޭމަންޑޫ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ރަސްމީ ބަޖެޓާއި، ސްކޫލުގެ އެހެނިހެން ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް، ސަރުކާރުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން ލިޔެ ބެލެހެއްޓުން.
  2. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ފައިސާއާބެހޭ ރިޕޯޓްތަކާއި ލިޔުންތައް ކަނޑައެޅިފައިވާ މުއްދަތަށް ފޮނުވުން.
  3. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި، ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި، އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ، އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  4. ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ޗުއްޓީއަށް އެދޭ މުވައްޒަފުންގެ ޗުއްޓީ ޗިޓް، އިސްވެރިޔާގެ މަޝްވަރާގެމަތިން ތައްޔާރުކޮށް ހަވާލުކުރުން.
  7. ސަޕޯޓް ސްޓާފުންގެ މަސައްކަތް ބެލެހެއްޓުން.
  8. އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.

މަޤާމުގެ ޝަރުޠު:                

1- އެޑްމިނިސްޓްރޭޝަން/ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- މަތީ  ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  "އީ"  ގްރޭޑް  ލިބިފައިވުމުގެ  އިތުރުން،  ހަޔަރ  ސެކަންޑަރީ  ސްކޫލް  ސެޓުފިކެޓު  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުން. ނުވަތަ؛

3- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ފައިނޭންސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމީގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު، 22 މާރިޗު 2016 އިން ފެށިގެން އޮންނާނެއެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ވޭމަންޑޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ވޭމަންޑޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 16 ވާ ބުދަދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވޭމަންޑޫ ސްކޫލުގެ 6780564 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

27 ޖުމާދަލްއޫލާ 1437

07 މާރިޗު 2016
ހޯދާ