ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ނީލަން ކިޔުމާއި ބެހޭ

އިޢުލާން

 

ރުއްތައް ނީލަން ކިޔުމާއި ބެހޭ

 

               މިއިދާރާއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ބީޗް ސަރަހައްދުން ކަނޑާލެވިފައިވާ ރުއްތަކާއި، އައުޓްޑޯޖިމް ސަރަހައްދުން ކަނޑާލެވިފައިވާ ރުއްތައް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިނީލަމާއިގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

1-      ނީލަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަން: ކައުންސިލުން ތަރައްގީ ކުރަމުންދާ ބީޗް ސަރަހައްދު (މައްތިހުއްޓާ)

2-      ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: 06 ޑިސެމްބަރ 2026 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 ގައި

3-      ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަން

4-      މަޢުލޫމާތު ހޯދުމަށް ގުޅާނޭ ނަމްބަރ: 7782723 (ނަދީމް އަޙުމަދު-ސީނިއަރ ކައުންސިލް އޮފިސަރ)

 މިއިޢުލާނާއިއެކު ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ރުއްތަކުގެ މައޫލޫމާތާއި އަގު ލިސްޓް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނުވަތަ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

              ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިނީލަމުގައި ބައިވެރިވެލެއްވުމަށް އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

              16   ޖުމާދުލްއާޚިރު   1448

              26    ނޮވެމްބަރ   2026 

26 ނޮވެންބަރު 2026
ހޯދާ