ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ނީލަންކިޔުން

ދުވަސްވެ ބައުވެގެން ހަލާކުވެގެންދާ ނުވަތަ ބޭނުންކުރެވެން ނެތިގެންނާއި، ދަޢުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމަށް ޢަމަލުކުރާ އުޞޫލުގެ ދަށުން މިސްކޫލްގައި ހުރި ދުވަސްވެ ބައުވެގެން ނުވަތަ ހަލާކުވެގެން  ނަގާފައިވާ ބައެއް މުދާ ދައުލަތުގެ އެހެން އޮފީހަކަށް ބޭނުންވޭތޯ ބެލުމުން، އެއްވެސް އޮފީހަކުން މުދަލެއް ބޭނުންވާކަމަށް އިޖާބަދެއްވާފައި ނުވާތީ، އެތަކެތި ދުވަހު ނީލަމުގައި ވިއްކާލުމަށް އިޢުލާން ކުރަމެވެ.

މިތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 24 ލޮޓަކަށް ބަހާލައިގެންނެވެ. ކޮންމެ ލޮޓްތަކަށް ދެވިފައިވާ ނީލަން ފެށޭއަގާއި އެއަގަށް އިތުރު ކުރެވޭނެ އެންމެ ކުޑައަގު ހިމެނިފައިވާނެއެވެ.

ވީމާ، މިނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 2026 ޑިސެމްބަރ 06 ވަނަ ދުވަހުގެ ހަވީރު 4:00 އަށް މިސްކޫލަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު އެމުދަލެއް ގެންދަންވާނެއެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800785 ފޯނަށެވެ.

26 ނޮވެންބަރު 2026
ހޯދާ