ދިވެހިރާއްޖެ
އިޢުލާން
މިއިދާރާގެ ނަންބަރު: C/2016/10-ފ374 (11 ފެބުރުވަރީ 2016) އިޢުލާނުގައި މަޢުލޫމާތު ފުރިހަމަނުވާ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ކުޅިވަރު އެރީނާގެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ގޮތުން މިރަށުގައި ތަރައްޤި ކުރުމަށް ހަމަޖައްސާފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ބަށިކޯޓު ހަދާގޮތަށް ހަމަޖެހިފައިވަނީ މިހާރުގެ ފުޓުބޯޅަދަނޑުގެ އިރުދެކުނު ކަނުގައެވެ.
ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މާރިޗު 2016 ވާ ބުދަ ދުވަހުގެ 11:00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ 01 ގަޑިއިރުގެ ކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައި ބޭރުގައި "ފ. ނިލަންދޫ ބަށިކޯޓު ތަރައްޤީ ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި މިވަނީއެވެ.
01- ހުށަހަޅާ އަގު %60
02- މުއްދަތަށް %20
03- މާލީތަނަވަސްކަން % 10
04- ތަޖުރިބާ % 10
22 ޖުމާދަލްއޫލާ 1437