ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
މެޑިކަލް އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޖެނެރަލް މެޑިކަލް ޕްރެކްޓިޝަނަރސް |
މަޤާމުގެ ރޭންކް: CS 12–1 |
|
މުސާރަ: |
މަހަކު -/15090 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/8250 ރުފިޔާ |
||
ޑިވިޜަން: |
ކިއުރެޓިވް އެންޑް ޑައިގްނޯސްޓިކް ސަރވިސަސް |
||
ސެކްޝަން / ޔުނިޓް: |
- |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
|
||
ތަޢުލީމާއި ތަޖުރިބާ: |
މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން. ނޯޓް: މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިންނަށެެވެ. ނަމަވެސް، ދިވެއްސަކު ނުލިބިއްޖެނަމަ، ބިދޭސީ މުވައްޒަފަކު ނެގޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު. 2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ، ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން) 3. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރައްވާފައިވާ ރަޖިސްޓްރޭޝަނާއި، ޕްރެކްޓިސްކުރުމުގެ ހުއްދަ. 4. މެޑިކަލް އޮފިސަރުންގެ މަޤާމަށް ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގައި މެޑިކަލް އޮފިސަރެއްގެގޮތުގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅާ ފަރާތްތަކެއް މެޑިކަލް އޮފިސަރުގެ މަޤާމުތަކަށް ޝަރުޠު ފުރިހަމައެއް ނުވާނެއެވެ. 5. ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް ވެސް (އެކްރެޓިޑްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެއެވެ. 6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ، ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.) 7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 8. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 9. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް. 10. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.) |
||
ސުންގަޑި: |
2016 މާރިޗު 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށް ހުށަހަޅަންވާނެއެވެ. |
||
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2016 ވަނަ އަހަރުގެ މާރިޗުމަހުގެ 4 ވަނަ ހަފްތާގެ ތެރޭގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
އިތުރު މަޢުލޫމާތު: |
- ރަސްމީ ގަޑީގައި މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6885046 ނަންބަރު ފޯނަށް ނުވަތަ 6885045 ނަންބަރު ފޯނަށެވެ. - ވަޒީފާއަށް އެދޭ ފޯމު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. |
22 ޖުމާދަލްއޫލާ 1437