މާމެންދޫ ސްކޫލް، ގއ.މާމެންދޫ
ދިވެހިރާއްޖެ
ނީލަން ކިޔުން

`

މާމެންދޫ ސްކޫލް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓް

   

އިޢުލާން

ސްކޫލުގެ ޢިމާރާތުން ނަގާފައިވާ ބައެއްތަކެތި ނީލަން ކިޔުމަށް ބޭނުންވެއްޖެއެވެ.

މި ސްކޫލުގެ ބައެއް ޢިމާރާތްތަކުން ނަގާފައިވާ ތިރީގައި މިދަންނަވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 ޑިސެންބަރު މަހުގެ 2 ވާ ބުދަ ދުވަހު ހަވީރު 4.00ގައި މި ސްކޫލު ގޯތި ތެރޭގައި އޮންނާނެއެވެ.

  • ޢިމާރާތުން ނައްޓާލި ދޮރާއި ދޮރުފަތް
  • ޢިމާރާތުން ނައްޓާލި، ދިޔަދޮވިތައް
  • ޢިމާރަތުން ނައްޓާލި، ޓިނުތައް
  • ޢިމާރާތުން ނައްޓާލި ފާޚާނާ ތަށިތައް

މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2 ޑިސެންބަރު 2026ވާ  ބުދަ ދުވަހު ހަވީރު 4.00 އަށް މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެ ތަކެތި ނަންގަވާ ފަރާތްތަކުން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު 24 ގަޑިއިރުތެރޭގައި ތަކެތި ގެންގޮސް ނިންމަވަން ވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި މި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބެން ހުންނާނެއެވެ.

 މާމެންދޫ ސްކޫލް، ގއ. މާމެންދޫ 

ފޯނު: 7983073 

އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި ޢިއުލާން ކުރީމެވެ.

26 ނޮވެންބަރު 2026
ހޯދާ