މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އުސޫލު ނަންބަރު 29-ޖީ/2026 އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލުގެ ދަށުން ބޯހިޔާވަހިކަން ގަތުމަށް އެދި ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް"، ގެ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން، އަލަށް ގެދޮރު ގަތުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަމާއެކު ގެދޮރު މިލްކުކުރެވޭނެ މަގު ފަހިކޮށްދިނުމާ ގުޅޭ ގޮތުން 25 ނޮވެންބަރު 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އުސޫލު ނަންބަރު 29-ޖީ/2026 "އަލަށް ގެދޮރު ގަތުމަށް އެހީ ދޭ (ހެލްޕް-ޓު-ބައި) ސްކީމުގެ އުސޫލު" އާ ހަވާލާދީ ދަންނަވަމެވެ.

ބުނެވިދިޔަ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. މި އުސޫލުގެ ދަށުން އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

ބުނެވިދިޔަ އުސޫލުގެ ދަށުން، ޝަރުތު ހަމަވާ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް، އެހީ ހޯދުމުގެ ފުރުޞަތުދޭ ކެޓަގަރީތަކާ ގުޅޭ ތަފުސީލު އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ. މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ ތަފުސީލު އެޕްލިކޭޝަނަށް ހުޅުވާލުމަށް އާންމުކުރާ އިޢުލާނުގައި ބަޔާންކުރާނެ ވާހަކަ ދަންނަވައި، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

25 ނޮވެންބަރު 2026
ހޯދާ