މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އުސޫލު ނަންބަރު 30-ޖީ/2026 ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމުގެ އުސޫލުގެ ދަށުން ގެދޮރު ބިނާކުރުމަށް އެހީއަށް އެދި ހުށަހެޅުމަށް ހުޅުވާލުން

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ޤައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް"، ގެ "ނެޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން، ގެދޮރު އިމާރާތްކުރުމަށް އެހީ ބޭނުންވާ ފަރާތްތަކަށް ހިލޭ އެހީ ދޫކުރުމާ ގުޅޭ ގޮތުން 25 ނޮވެންބަރު 2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރި އުސޫލު ނަންބަރު 30-ޖީ/2026 "ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމުގެ އުސޫލު" އާ ހަވާލާދީ ދަންނަވަމެވެ.

ބުނެވިދިޔަ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 29 ނޮވެންބަރު 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. މި އުސޫލުގެ ދަށުން އެހީއަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

ބުނެވިދިޔަ އުސޫލުގެ ދަށުން ޝަރުތު ހަމަވާ، މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ގެދޮރު ބިނާކުރެވިފައި ނުވާ، ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އެހީތެރިކަން ދޫކުރާނެ ގޮތުގެ ތަފުސީލު އުސޫލުގައި ބަޔާންކޮށްފައިވާނެއެވެ. މި ސްކީމުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ ތަފުސީލު އެޕްލިކޭޝަނަށް ހުޅުވާލުމަށް އާންމުކުރާ އިޢުލާނުގައި ބަޔާންކުރާނެ ވާހަކަ ދަންނަވައި، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

25 ނޮވެންބަރު 2026
ހޯދާ