މާޅެންދޫ މަދަރުސާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1. ދަރިވަރުންގެ ކުޅިވަރު ހަރަކާތްތަކުގައި ބޭނުންކުރާނެ ޖޯޒީ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަދަރުސާއިން ދޭ ނަމޫނާއާ އެއްގޮތަށް ޖޯޒީތައް ހަދައިދެއްވަން ބޭނުންވާ ފަރާތްތަކުން 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިމަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެހެންފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ދުރުވާނަމަ، އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީ ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ