މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަސް ރޭސް 2026 ގެ ސްޕޮންސަރ އަދި އިނާމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން                

"ރައްޔިތުންގެ މަސް ރޭސް 2026"  ގެ ސްޕޮންސަރ އަދި އިނާމަށް އަށް ފުރުޞަތު ހުޅުވާލުން.

         މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

         މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރު 2026 ވަނަ ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިންމަފުށީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރާގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ވާނެއެވެ.

         ވީމާ މިމުބާރާތަށް ސްޕޮންސަރ ނުވަތަ އިނާމް ދެއްވަންބޭނުންފުޅުވާ ފަރާތްތަކުން  01 ޑިސެމްބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މިއިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ފައިސާ ދެއްވާނަމަ އެނިސްބަތުން އެފަރާތެއްގެ ލޯގޯ މުބާރާތުގެ އެކިއެކި ބޯޑު/ ބެނަރތަކުގައި ބޭނުންކުރެވޭނެއެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

25 ނޮވެންބަރު 2026
ހޯދާ