ދިވެހިރާއްޖެ
އިޢުލާނު
ނީލަން ކިޔުމާބެހޭ
މި ކައުންސިލްގައި މި ވަގުތު ހުރި ހުރިހާ ކާއްޓެއް ނީލަން ކިޔުމަށް ކައުންސިލުން ނިންމާފައިވާ ކަމުގައި ދަންނަވަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 200 ކާށިން ، 200 ކާށިން ނެވެ. ކާށިބައެއްގެ ފެށޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ -/200 ރުފިޔާއެވެ. އަދި ފަހަރަކު އިތުރުކުރެވޭނީ -/10 ރުފިޔާ އެވެ. ނީލަން ކިޔުން އޮންނާނީ 01 ޑިސެންބަރު 2026 ވާ ( އަންގާރަ ) ދުވަހު މެންދުރު 13:00 ގައި ކައުންސިލްގެ ބާ ޢިމާރާތުގެ ހޯލުގައެވެ. އަދި މި ނީލަމުން ތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވެލެއްވުމަށް ދަޢުވަތު އަރުވަމެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރަތްތަކުން، ނީލަން ނިމޭތާ 3 ދުވަހުގެތެރޭގައި މިއިދާރާގެ ނަންބަރު: 7709700432004 (1409 ޚަރަދު 2) އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު ފައިސާ ޖަމާކުރެއްވި ސްލިޕް 7643344 ނުވަތަ 9522023 ނަންބަރަށް ވައިބަރ ކުރެއްވުން އެދެމެވެ.
އަދި ނީލަންނިމޭތާ 3 ދުވަހުގެތެރޭގައި ކާށިތައް ނަގައި ބިން ސާފުކުރަން ވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
15 ޖުމާދަލްއާޚިރާ 1448
