މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސް ނީލަން ކިޔުން

އިޢުލާން

 

ގަސް ނީލަން ކިޔުން

 

                މި އިޢުލާނުގައި ފާހަގަކޮށްފައިވާ ސަރަހަށްދު ތަކުގައި ހުރި ބޮޑެތި ގަސްތައް ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

                ވީމާ، މި ސަރަހައްދު ތަކުގައި ހުރި ގަސްތައް ނީލަމުގައި ބައްލަވައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 2026 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ނީލަން ފަށާ ސަރަހަށްދަށް ދުރުވެ ނީލަމުގައި ބައިވެރިވުމަށް ދަންނަވަމެވެ. ނީލަން ކުރިއަށް ގެންދެވޭނީ ތިރީގައި  ބަޔާންކޮށްފައިވާ ތަރުތީބުން އެސަރަހައްދުތަކުގައެވެ.

  1. ފިލިގަސްމަގުގެ އުތުރުން، ކުރީގެ ކުނިކޮށްޓާއި ފެންޕްލާންޓް އިމާރާތާއި ދެމެދުއޮތް ސަރަހައްދު.
  2. އުރީދޫ ޓަވަރު ބިމުގެ ހުޅަނގުން، މިހާރު ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމާއި ކާސިންޖީހިނގުމާއި ދެމެދުއޮތް ސަރަހައްދު.
  3. އައުޓްޑޯރ ޖިމްގެ ދެކުނުން، ގިރާމިސްކިތްމަގާއި ދުނބުގަސްމަގާއި ދެމެދުއޮތް ސަރަހައްދު.
  4. ހަވީރީހިނގުމުގެ އިރުން، މިހާރު ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިމާއި ދުނބުގޯޅިއާއި ދެމެދުއޮތް ސަރަހައްދު.
  5. ސަމްސުއްދީނުމަގުގެ އުތުރުން، ކުނޫޒް ގޯއްޗާއި ފެނޭބާ ގޯއްޗާއި ދެމެދުއޮތް ސަރަހައްދު.

             ސަރަހައްދުތަށް ފެހިކުލައިން ފާހަގަކޮށްފައިވާ ޗާޓް މި އިޢުލާނާއިއެކު ހިމަނާފައިވާނެއެވެ.

                        މިހެންވެ މިކަން އާންމުކޮށް އަންގާއިޢުލާނުކުރީމެވެ.

                            16 ޖުމާދުލްއާޚިރު 1448

25 ނޮވެންބަރު 2026
ހޯދާ