ދިވެހިރާއްޖެ
ޢިޢުލާން
"ރަސްމާދޫ ސްޓާރސް ކަޕް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ރ.ރަސްމާދޫ ކައުންސިލުން، ރަށުގެ ޒުވާނުންނަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ ފުޓްސެލް މުބާރާތް "ރަސްމާދޫ ސްޓާރސް ކަޕް" މިއަހަރުގެ ޑިސެންބަރު 01 ވާ އަންގާރަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ތިރީގައިމިވާ ލިންކު މެދުވެރިކޮށް އޮންލައިން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމުންނެވެ.
https://script.google.com/macros/s/AKfycbyRgX8nk-RJw8BLhxdNw1VNRtAtgDeQxRQ0N67m2SpQ/dev
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2026 ނޮވެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމުގައި ދަންނަވަމެވެ.
މުބާރާތުގެ ގަވާއިދު އަދި އެހެނިހެން މައުލޫމާތު ކައުންސިލްގެ ޓޯނަމެންޓް ޕޯޓަލް އިން ލިބިލައްވާލާނެ ކަމުގައި ދަންނަވަމެވެ.
https://rci-sports.vercel.app/
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
