ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

 

އިޢުލާނު

    ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުން އައުޓްސޯސްކުރުން

  1 އަހަރު ދުވަހަށް ކޮޅުމަޑުލު ތިމަރަފުށީ ކުނިމެނޭޖުކުރާ މަރުކަޒު ހިންގާ ބެލެހެއްޓުދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ރަޖިސްޓްރީކުރުން؛ 

މި ބީލަމުގައި ބައިވެރިވެވޭނީ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

ލިންކް: https://forms.cloud.microsoft/r/mw8VMzKWSJ

ބީލަމަށް ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 29 ނޮވެންބަރ 2026ގެ ހެނދުނު 09:30ގެ ކުރިންނެވެ.

 

ޕްރީބިޑް މީޓިން؛ 

މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަން ނޯންނާނެއެވެ.

 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން

 

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 29 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގައި

އެހެނިހެން ކަންކަން؛ 

 

 

 

 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014)ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، މައުލޫމާތު ޝީޓް މި އިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.  
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

 

24 ނޮވެންބަރު 2026
ހޯދާ