އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ މީދޫ ކައުންސިލްގެ އިދާރާ އަށް 'ސަބްމަރސިބަލް ސޭންޑް ޕަމްޕެއް' ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން     

 

އައްޑޫ މީދޫ ކައުންސިލްގެ އިދާރާ އަށް 'ސަބްމަރސިބަލް ސޭންޑް ޕަމްޕެއް' ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

         މި އިދާރާ އަށް ސަބްމަރސިބަލް ސޭންޑް ޕަމްޕެއް  ސަޕްލައި ކޮށްދޭނެ ފަރާތެއް، އެއްކަރުދާސްކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

          ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 30 ނޮވެމްބަރ 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓަރީ ކުރެއްވުމަށް މިކައުންސިލްގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.
      އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2026 ވަނަ ދުވަހުގެ ހެނދުނު  10:00 ގައި  އައްޑޫ މީދޫ ކައުންސިލްގެ އިދާރާގައެވެ.

       އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ އީމެއިލް[email protected]  އަށް މަޢުލޫމާތު ސާފު ކުރެއްވުމަށް މެއިލް ކުރެއްވުން އެދެމެވެ. މައުލޫމާތު ކަރުދާސް މި އިޢުލާނާ އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

                   14 ޖުމާދަލްއާޚިރާ 1448    

                   24 ނޮވެމްބަރ 2026        

 

 

24 ނޮވެންބަރު 2026
ހޯދާ