ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑެން ފުޓްސަލް ޗެލެންޖް 2027 ގައި ވާދަކުރާ ނޮޅިވަރަމުގެ ޓީމު މެނޭޖްކޮށް، ޓީމުގެ ހުރިހާ އިންތިޒާމުތަކެއް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

         ގޯލްޑެން ފުޓްސަލް ޗެލެންޖް 2027 ގައި ވާދަކުރާ ނޮޅިވަރަމުގެ ޓީމު މެނޭޖްކޮށް، ޓީމުގެ ހުރިހާ އިންތިޒާމުތަކެއް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެއެވެ. ވީމާ، މި މަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

         ޕްރޮޕޯސަލް ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން  02 ޑިސެންބަރު 2026 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މި އިދާރާގެ ނަންބަރު 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް: https://forms.gle/gF8s9CnEuLAnH8Tp8

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

02 ޑިސެންބަރު 2026 (ބުދަ)

13:00

ޕްރޮޕޯސަލް ހުށަހެޅުން

03 ޑިސެންބަރު 2026 (ބުރާސްފަތި)

10:00

ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

        އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި ރެޖިސްޓްރީކޮށް ހިންގަމުންދާ ކުލަބު، ޖަމިއްޔާ ޖަމާއަތްތަކަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

އީ-މެއިލް: [email protected] 

23 ނޮވެންބަރު 2026
ހޯދާ