ދިވެހިރާއްޖެ
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
"މާފަރު ކައުންސިލް ސްޕޯރޓްސް ފިއެސްޓަރ 2026" މުބާރާތުގެ މެޗުތައް ލައިވްކުރުމާއި ފޮޓޯގްރަފީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ނޮވެންބަރު 2026 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ. ކޯޓޭޝަން ހުށަހަޅާއިރު ކޯޓޭޝަނުގައި މަސައްކަތުގެ އަގާއި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ހިމަނަން ވާނެއެވެ.
މި މަސައްކަތް ދިނުމުގައި ބަލާނީ ހުށަހަޅާ އެންމެ ކުޑަ އަގަށެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށެވެ.
މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ފޯން: 6569806 / 9130669
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
