ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1448ވަނަ އަހަރުގެ ރަމަޟާން މަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުންގެންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ

 ކުރިއަށް އޮތް 1448 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު މި ސިޓީގެ މިސްކިތްތަކުގައި ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ގެންނަ ޙާފިޡުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.

    މިގޮތުން، މިސްކިތްތަކުގައި ތަރާވީޙް ނަމާދު ކުރުމަށް ޙާފިޡުން ގެނައުމަށްޓަކައި އަމިއްލަ ފަރާތްތަކުން މި ކައުންސިލުގައި މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އަދި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކަށް -/15,000 (ފަނަރަހާސް) ދިވެހި ރުފިޔާއަށް ވުރެ ބޮޑުނުވާނޭ ގޮތުގެ މަތިން މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި އެހީއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އެހީއަށް އެދޭ ފޯމު މި ކައުންސިލްގެ ފްރޮންޓް އޮފީހުންނާއި ކައުނސިލްގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

23 ނޮވެންބަރު 2026
ހޯދާ