މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުން

އިޢުލާން

އިމާރާތެއް ކުއްޔަށް ހިފުމާބެހޭ

މިކުންފުންޏަށް ޏ.ފުވައްމުލަކުން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން 14 މާރިޗު 2016ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް މިކުންފުނީގެ ހެޑްއޮފީސް އަދި ޏ.ފުވައްމުލަކު ޕޯސްޓްއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 14 މާރިޗު 2016ވާ އަންގާރަ ދުވަހުގެ 15:00ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިމާރާތް ހޯދަން ބޭނުންވާ ރަށް:

  • ޏ.ފުވައްމުލައް

ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުސީލު

  • ޢިމާރާތުގެ ބޮޑުމިން ބަޔާންކުރުން
  • ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
  • ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
  • ޢިމާރާތް ހުރި ސަރަޙައްދު ބަޔާންކުރުން
  • ޢިމާރާތުގެ ކުލި ބަޔާންކުރުން
  • ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.

ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް

  • ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
  • ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
  • ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
  • ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށްވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
  • ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއް ކަމުގައިވުން)

ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:

  • ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން.

މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.

  • އަގު: %50
  • ކުއްޔަށްދޭ މުއްދަތު: %20
  • ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30

26 ޖުމާދަލްއޫލާ 1437

06 މާރިޗު 2016
ހޯދާ