މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާ ބެހޭ

އިޢުލާން

ކޯހުގައި ކިޔަވާނެ ދަރިވަރުން ހޯދުމާބެހޭ

ތިރީގައި މިވަނީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން 2016 ވަނަ އަހަރު މާރިޗުމަހުގައި ހިންގުމަށް ހަމަޖެހިފައިވާ ސެޓުފިކެޓު 1 އިން ފިޓްނެސް އިންސްޓްރަކްޓަރސް ޓްރެއިނިންގ ކޯހާބެހޭ މަޢުލޫމާތެވެ. މި ކޯހަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ފޯމު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން 14:00 އާ ހަމައަށެވެ. ކޯހަށް އެދޭ ފޯމު މި އިންސްޓިޓިއުޓުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު 3326986 ނަންބަރާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ކޯހުގެ ނަން: ސެޓުފިކެޓު 1 އިން ފިޓްނަސް އިންސްޓްރަކްޓަރސް ޓްރެއިނިންގ

މުއްދަތު: 03 ހަފުތާ

 ޖާގަ: 30

 ކޯހުގެ ފީ: ހިލޭ

ކޯސް ހިންގާނެ ތަން: މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް / ކ.މާލެ 

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓު ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ނ- އުމުރުން 18 އަހަރު ފުރިފައި ވުމާއެކު، ބޭސިކް އެޑިޔުކޭޝަން (ގްރޭޑް 7) ފުރިހަމަކޮށްފައިވުމާއި، ކުޅިވަރާ ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

 

 

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ