ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާގެ ޕްރިންޓަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމު: |
ޕްރިންޓަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ރޭންކް: |
އެސް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
މުސާރަ: |
-/3875 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1000 ރުފިޔާ |
ވަޒީފާ އޮތް އޮފީސް: |
ނ.މާޅެންދޫ މަދަރުސާ |
މަޤާމުގެ ގިންތި: |
ދާއިމީ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
ނ.މާޅެންދޫ މަދަރުސާ |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ސްކޫލުގައި ދުވަހުން ދުވަހަށް ޗާޕުކުރަންޖެހޭ ވާރކްޝީޓުތަކާއި، ޔުނިޓް ޓެސްޓާއި، ޓަރމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތައް ޕްރިންޓް ކުރުން.
- ސްކޫލުގައި ޕްރިންޓްކުރެވޭ ވާރކްޝީޓުތަކާއި، ޔުނިޓް ޓެސްޓާއި، ޓަރމް ޓެސްޓާއި، އެހެނިހެން ޑޮކިއުމަންޓްތަކުގެ ރެކޯޑު ބެލެހެއްޓުން.
- ސްކޫލުން ޗާޕުކުރަންޖެހޭ ޓެސްޓްޕޭޕަރުތަކާއި، ވާރކްޝީޓުތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތައް، ކަނޑައެޅިފައި އޮންނަ އުސޫލުން ޗާޕުކޮށް، ހީރަސްޖަހަންޖެހޭތަކެތި ހީރަސްޖެހުމާއި، ސްކޫލުން ތައްޔާރުކުރާ ޓެސްޓް ޕޭޕަރުތަކާއި ވާރކްޝީޓުތަކާއި، މިނޫން އެހެނިހެން އެންމެހައި ލިޔެކިޔުންތަކަކީ، އޭގެ ސިއްރު ހިފަހައްޓަންޖެހޭ ތަކެތިކަން ދަނެ، އެ ތަކެއްޗާބެހޭ އެއްވެސް މަޢުލޫމާތެއް ފޯރުކޮށްދޭންޖެހޭ ފަރާތަކަށް މެނުވީ ހާމަނުކުރުމާއި، ރައްކާތެރިކަމާއެކު އެފަދަ އެންމެހައި ތަކެތި ބެލެހެއްޓުން.
- ޗާޕުކުރުމަށާއި ފޮޓޯކޮޕީ ހެދުމަށް ސްޓޮކުން ނަގާފައި ހުންނަ ކަރުދާސް، ދެލި، ޓޯނަރ، ކާރޓްރިޖް، މާސްޓާރ ފަދަތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ހުސްވުމުގެ ކުރިން ދުރާލައި ތަކެތި ހޯދުމަށް އަންގަންޖެހޭ ފަރާތަށް އެންގުން.
- ޕްރިންޓްކުރާ މެޝިނާއި ފޮޓޯކޮޕީމެޝިންތައް ސާފުކޮށް ބެލެހެއްޓުމަކީ މައްސަލަތައް ޖެހުން މަދުކުރެވޭނެކަމެއްކަން ޤަބޫލުކޮށް، މެޝިންތައް ހަޑިވިޔަނުދީ ބެލެހެއްޓުން.
- ޗާޕުކޮށް ފޮޓޯކޮޕީ ހަދާ މެޝިންތަކުގެ ޙާލަތު ބަލައި، ސްކޫލުގެ އިސްވެރިޔާއަށް ނުވަތަ ފައިސާއާބެހޭ އިސްވެރިޔާއަށް ކަމާބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.
- ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ މަޤާމާ ގުޅޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އައި.ޓީ ދާއިރާއިންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ކުރިއެރުން ޙައްޤުވާ މާކްސް ލިބެމުންދިއުމާއެކު، އެސް.އެސް. 2 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 3 ގެ ރޭންކާ އެއްފެންވަރެއްގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރު.
3- ރަނގަޅު ޞިއްޙަތެއްގައިހުރި ސާފުތާހިރުކަމަށް ލޯބިކުރާ މީހަކަށްވުން.
4- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ވަގުތަށް ފަރުވާތެރި މީހަކަށްވުން.
އިންޓަރވިއު ކުރުން:
ހ. 6 މާރިޗު 2016 ގައި މި މަޤާމުގެ އިންޓަރވިއު ކުރެވޭނެއެވެ. އިންޓަރވިއު އޮންނާނީ، މާޅެންދޫ މަދަރުސާގައެވެ. ހަމަޖެހިފައިވާ ތާރީޚަށް ބަދަލެއް އަތުވެއްޖެނަމަ، ޝަރުޠު ހަމަވި ފަރާތްތަކަށް އެކަން އަންގަމުންދާނެއެވެ.
ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv/category/forms އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
2- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ރަސްމީ އިދާރާއަކުން އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
5- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މާޅެންދޫ ސްކޫލުގެ އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 14 ވާ ހޯމަދުވަހުގެ 13:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މާޅެންދޫ މަދަރުސާގެ 6560575 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
23 ޖުމާދަލްއޫލާ 1437