ދިވެހިރާއްޖެ
އިޢުލާން
"ދެއްވަދޫ ކައުންސިލްގެ ފުޓްސަލް ޓޯރނަމެންޓް 2026" އަދި "ހޭންޑް ބޯޅަ ޓޯރނަމެންޓް 2026" އިންތިޒާމްކުރުމަށް ފުރުޞަތު ހުޅުވާލުން
ރަށުގެ ކުޅިވަރުގެ ރޫޙް އާލާކުރުމުގެ މަޤްސަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ހޭންޑް ބޯޅަ ޓޯރނަމެންޓް 2026" އަދި "ދެއްވަދޫ ކައުންސިލްގެ ފުޓްސަލް ޓޯރނަމެންޓް 2026" ދެއްވަދޫ ކައުންސިލާއި ގުޅިގެން ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުން، ކްލަބް ޖަމިއްޔާތަކުން 25 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
