ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1448" އިންތިޒާމްކުރުމަށް ފުރުޞަތު ހުޅުވާލުން

އިޢުލާން

 

"ގއ.ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1448" އިންތިޒާމްކުރުމަށް ފުރުޞަތު ހުޅުވާލުން

 

                ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި މުޅި ރަށަށް ހުޅުވާލައިގެން ބާއްވާ "ދެއްވަދޫ ކައުންސިލްގެ ޤުރުއާން މުބާރާތް 1448" ކައުންސިލާއި ގުޅިގެން ރާވާ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ އަމިއްލަ ފަރުދުން، ކްލަބް ޖަމިއްޔާތަކުން 25 ނޮވެމްބަރ 2026 ވާ ބުދަ ދުވަހުގެ 13.00 ގެ ކުރިން ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

22 ނޮވެންބަރު 2026
ހޯދާ