ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

   މަޤާމު:                     ސްޕޯޓްސް ސުޕަވައިޒަރ

   ބޭނުންވާ އަދަދު:                1

   ރޭންކް:                     ޖީ. އެސް 4

   ކްލެސިފިކޭޝަން:                އޮފިސަރ ގްރޭޑް 2 

   މުސާރަ:                    -/5020 ރުފިޔާ

   ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ސ.އަތޮޅު މަދަރުސާ

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      ތަޢުލީމާބެހޭ ބައި / ސ.އަތޮޅު މަދަރުސާ

   އެހެނިހެން އިނާޔަތް:              ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާއާއި އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ މަތީން ދެވޭނެއެވެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކުރިއަށް އޮންނަ އަހަރަށް، ސްކޫލުގެ ކުޅިވަރު ކަލަންޑަރު، ސްކޫލުގެ ވެރިން އަންގާ މުއްދަތަކަށް، ވެރިންގެ ލަފާމަތިން ތައްޔާރުކުރުން.

- އިންޓަރހައުސްއާއި، އިންޓަރކްލާސް ކުޅިވަރު މުބާރާތްތައް، ސްކޫލުގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.

- އިންޓަރސްކޫލް ކުޅިވަރު މުބާރާތްތަކަށް ކުދިން ފަރިތަކުރުވައި، އެ މުބާރާތްތަކަށް ކުދިން ހޮވުމާއި، މިފަދަ މުބާރާތްތައް ހިނގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރަންޖެހޭ ކަންތައްތައް، ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.

- ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް، ދަރިވަރުންނަށް ޕްރެކްޓިސް ދިނުމާއި، އެކުދިން ބެލެހެއްޓުން.

- ކުޅިވަރުގެ ކަންތައްތަކާ ބެހޭގޮތުން ބާއްވާ އެންމެހައި ބައްދަލުވުންތަކުގައި ސްކޫލުގެ ފަރާތުން ބައިވެރިވުން.

- ކުޅިވަރު ހަރަކަތްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ނެގުމާއި، އެތަކެތި ފަރުވާތެރިކަމާއެކު ބެލެހެއްޓުން.

- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

- ކުޅިވަރާ ގުޅުވައިގެން ދަރިވަރުންގެ އަޚުލާޤީ ފެންވަރު ރަނގަޅުކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުން.

- ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ހޯދައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

ޝަރުޠު:

  1. ކުޅިވަރުގެ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، ކުޅިވަރުގެ ދާއިރާ ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

  ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން (ތަޖުރިބާއަށް ބަލާއިރު، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ، ވަނަތައް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއު ކުރުން

ހ. މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި މަސައްކަތު 3 ދުވަހުގެ ކުރިން ވަޒީފާއަށް އެދި ހުށަހެޅި ފަރާތަށް އެންގޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދި ހުށަހަޅުއްވާނީ'' ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު'' ންނެވެ.  ފޯމު ސ.އަތޮޅުމަދަރުސާގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. މިފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑްކުރެވެންވެސް ހުންނާނެއެވެ.

 ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ސ.އަތޮޅު މަދަރުސާގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 08 މާރިޗު 2016 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

19 ޖުމާދަލްއޫލާ 1437

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސ.އަތޮޅު މަދަރުސާގެ ނަންބަރު 6895679 ފޯނަށް ގުޅުއްވުން އެދެމެވެ.

28 ފެބުރުވަރީ 2016
ހޯދާ