މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެކް ކްރޫ - މެންދޫ 05 - އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެފުރުޞަތު

 

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޑެކް ކްރޫ

ބޭނުންވާ ޢަދަދު

 01  

ވަޒީފާގެ ބާވަތް

 01 ކޮންޓްރެކްޓް ( ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މެންދޫ 05 - އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 2،700.00 ރުފިޔާ

އިތުރު އިނާޔަތްތައް:

މިނިމަމްވޭޖް އެލަވަންސް:2،430.00 (އަސާސީ މުާރައިގެ %90)

ސާރވިސް އެލަވަންސް:2،025.00 (އަސާސީ މުސާރައިގެ %75)

ހާރޑްޝިޕް އެލަވަންސް:1،350.00 (އަސާސީ  މުސާރައިގެ %50)

އޮޕަރޭޝާން އެލަވަންސް:1،500.00

ޝަރުޠު:

  • މަސް ހޭންޑްލް ކުރުމާއި، ސްޓޯރ ކުރުމާއި، ކޮލިޓީ ހިފަހައްޓާނެ ގޮތްތަކުގެ ތަޖުރިބާ ނުވަތަ އަސާސީ މަޢުލޫމާތު އެނގުން.
  • ޑެކް އޮޕަރޭޝަންތަކާއި، މަސްވެރިކަމުގެ ސާމާނާއި، ބޯޓުގެ އިކުއިޕްމަންޓްތަކާ ބެހޭ މަޢުލޫމާތު އެނގުން.
  • ހައިޖީން، ސާފުތާހިރުކަން އަދި ފުޑް ސޭފްޓީ މިންގަނޑުތައް ރަނގަޅަށް ދެނެގަނެވިފައިވުން.
  • ކަނޑުގެ ސަލާމަތީ އުސޫލުތަކާއި ކަނޑުމަތީގައި ރައްކާތެރިކަމާއެކު މަސައްކަތްކުރާނެ ގޮތްތަކުގެ މަޢުލޫމާތު އެނގުން.
  • ބޯޓުގެ މާޙައުލުގައި މަސައްކަތް ކުރެވޭ ފަދަ ޖިސްމާނީ ދުޅަހެޔޮކަން (ފިޒިކަލް ފިޓްނަސް) ހުރުން.
  • ޓީމެއްގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ދެވޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމުގެ ޤާބިލުކަން ހުރުން.
  • ގިނަވަގުތު މަސައްކަތް ކުރެވޭނެ ފަދަ ޞިއްޙަތު ރަނގަޅު ފަރާތެއް ކަމުގައިވުން.

މަޤާމުގެމަސްޢޫލިއްޔަތު:

  • ބޯޓުގައި އަދާކުރަންޖެހޭ ޑިއުޓީތައް ފުރިހަމަކުރުން.
  • ބޯޓުގައި ހުންނަ އިކުއިޕްމަންޓްތައް ބޭނުންކުރަން އެނގުމާއި، އެތަކެތީގެ މަޢުލޫމާތު އެނގުން.
  • ގަންނަ މަސް ބޯޓަށް ބަރުކުރުމާއި ބޯޓުން މަސް ހުސްކުރުން (ބޭލުން).
  • އައިސް ނެގުމާއި، މަހުގައި ރަނގަޅަށް އައިސް އެޅުން.
  • މަހުގެ ތާޒާކަމާއި ކޮލިޓީ ދެމެހެއްޓޭނެ ގޮތަށް ރަނގަޅަށް ހޭންޑްލްކޮށް ސްޓޯރކުރުން.
  • ޑެކުގެ ސާފުތާހިރުކަމާއި ތަރުތީބު ހިފެހެއްޓުން.
  • މަސް މެރުމަށް ބޭނުންކުރާ ސާމާނާއި އެކިއެކި އިކުއިޕްމަންޓްތައް ރައްކާތެރިކަމާއެކު ބޭނުންކޮށް، ބަލަހައްޓައި މެނޭޖުކުރުމުގައި އެހީތެރިވުން.
  • އޮޕަރޭޝަންތަކުގައްޔާއި ކަނޑުމަތީގައި ސަލާމަތީ އުސޫލުތަކަށް ޢަމަލުކުރާކަން ކަށަވަރުކުރުން.
  • ބޯޓާއި އިކުއިޕްމަންޓްތަކުގެ މެއިންޓެނަންސްއަށް ބޭނުންވާ ޗެކްތައް ކުރުން.
  • ބޯޓު ބަނދެލުމާއި (ބަނދަރުކުރުމާއި)، މަސް ބޭލުމާއި، އަދި ދަތުރަށް/ފޮނުވުމަށް މަސް ރަނގަޅަށް އިންތިޒާމުކުރުމުގައި އެހީތެރިވުން.
  • ބޯޓުގައި ކުރަންޖެހޭ މިނޫންވެސް އެހެނިހެން މަސައްކަތްތައް ފުރިހަމައަށް އަދާކުރުން.

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލެވޭނެކަންތައް:

މި މަޤާމަށް މީހަކު ހޮވާނީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ވަޒީފާގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށް ބާއްވާ އިންޓަވިއުއަށް ފަހުގައެވެ. (އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.)

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • މިފްކޯ ޖޮބް އެޕްލިކޭޝަން ފޯމް
  • ޕޮލިސްރިޕޯޓް

ތަކެތިހުށަހަޅަންޖެހޭއޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލް ކުރައްވާނީ  [email protected]  އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 29 ނޮވެމްބަރު 2026 ދުވަހުގެ މެންދުރު 12:00 ގެ ކުރިން
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

ނޯޓް:  މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.

 

19 ނޮވެންބަރު 2026
ހޯދާ