މަޤާމުގެ ނަން:
|
ޑްރައިވަރ
|
ބޭނުންވާ އަދަދު: 01 (އެކެއް)
|
ރޭންކް:
|
އެސް. އެސް 2
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 2
|
މުސާރަ:
|
-/3470 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/75 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން:
|
އެޑްމިން ޑިވިޝަން
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމު އޮތް ތަން
|
ރ.ވާދޫ ޞިއްޙީމަރުކަޒު
|
އިތުރު އިނާޔަތްތައް:
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޑިޔުޓީގަޑީގަޔާއި އޮންކޯލް ވަގުތުތަކުގައި ބަލިމީހުން އުފުލުން
- އެމްބިއުލަންސްގެ އެތެރެއާއި ބޭރު ދޮވެ ރަނގަޅަށް ސާފުކުރުން
- ވެހިކަލްތަކުގައި ކުރެވޭ ދަތުރުތަކުގެ ލޮގް ލިޔެ ފޮތް ބެލެހެއްޓުން.
- އެމްބިއުލަންސްގެ ދަތުރުތަކަށް ބޭނުންވާ ތެޔޮ އަދި އެހެނިހެން ތަކެތި ކަމާބެހޭ މުވައްޒަފަކާ ގުޅިގެން ހޯދުން
- އެމްބިއުލަންސްގައި ކުރަންޖެހޭ މަރާމާތުކުރުމާއި އިތުރަށް މަރާމާތުކުރުމަށް އެހީ ބޭނުންވާހިނދު ކަމާބެހޭ ބޭފުޅަކަށް ދަންނަވައިގެން ކުރުން
- މަރުކަޒު އޮފީހުން ކުރާ ޚާއްޞަ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން
- މަރުކަޒުގައި ކުރަން ހުންނަ ކުދި މަރާމާތުތައް ކުރުން
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން
- ޖިސްމާނީ އަދި ނަފުސާނީ ޤާބިލުކަން ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު ރ.ވާދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
15 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯމުތައް ބަލައިގަންނާނީ ރ.ވާދޫ ޞިއްޙީމަރުކަޒުގެ އޮފީހުންނެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނަ އަހަރުގެ އެޕްރީލް މަހުގައި ރ.ވާދޫ ޞިއްޙީމަރުކަޒުގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6580399 އެވެ.
|