އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: ޕްރިންޓަރ

މަޤާމުގެ ނަންބަރު: 22/2016/9/އޯޑީ-188

މަޤާމުގެ ރޭންކް: އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 3

ބޭނުންވާ އަދަދު: 1 (އެކެއް)

ސެކްޝަން / ޔުނިޓް: އެކަޑަމިކް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އދ. އަތޮޅު ތަޢުލީމީ މަރުކަޒު

މަޤާމުގެ ގިންތި: ދާއިމީ

މުސާރަ: -/3،875 ރުފިޔާ

ސަރވިސް އެލަވަންސް: -/1,000 ރުފިޔާ

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:    

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އައި.ޓީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު؛ މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ކުރިއެރުން ޙައްޤުވާ މާކްސް ލިބެމުންދިއުމާއެކު، އެސް.އެސް. 2 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 3 ގެ ރޭންކާ އެއްފެންވަރެއްގެ މަޤާމެއްގައި ނުވަތަ އެއަށްވުރެ މަތީރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1- ކިޔަވައިދިނުމަށް ބޭނުންވާ މާކްޝީޓުތަކާއި، ޓެސްޓް ޕޭޕަރުތަކާއި، މިނޫންވެސް ޓީޗިންގ މެޓީރިއަލްތައް، ޓީޗަރުން ކަނޑައަޅާ ތާރީޚަށް ނިންމުން.

2- ފޮޓޯކޮޕީ މެޝިންތަކާއި، ޗާޕުމެޝިނާއި، އެހެނިހެން ޕްރިންޓަރުތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއެކު، މެޝިނަށް މައްސަލައެއް މެދުވެރިވެއްޖެނަމަ، އެކަމެއްގެ މަޢުލޫމާތު، ކަމާބެހޭ ވެރިޔަކަށް ވަގުތުން ދިނުމާއި، އެކަން ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މަސައްކަތްކުރުން.

3- ހަވާލުކުރެވޭ އެކިއެކި އެއްޗެހި ލެމިނޭޓްކުރުމާއި ބައިންޑްކުރުން.

4- ސްކޫލުން ރާވައިގެން ހިންގާ ޕްރޮގްރާމްތަކުގައި، ސްކޫލުން އަންގާގޮތެއްގެމަތިން އެހީތެރިވެދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ޑިސްކޮލިފައިވާނެ)

2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުންހުރި ކުރުމުއްދަތުގެ ތަމްރީނުތައް.

3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.

4. ލިބިފައިވާ ހުނަރު: އިންޓަވިއު / ޕްރެކްޓިކަލްސް.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:    

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު / ޕްރެކްޓިކަލްސް، އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ. ހާޒިރުވާންޖެހޭ ގަޑި އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި  ވަޒީފާއަށް  އެދޭ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު  ފުރިހަމަކުރުމަށްފަހު،  ފޯމާއެކު  ހުށަހަޅަންޖެހޭ  ލިޔުންތައް،  2016  މާރިޗު  13  ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒިފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ އެޓެސްޓްކޮށްފައިވާ ކޮޕީއެއް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6680024 ނަންބަރު ފޯނާއެވެ.

20 ޖުމާދަލްއޫލާ 1437

29 ފެބުރުވަރީ 2016
ހޯދާ