ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޕްރިންސިޕަލް އައި.ސީ.ޓީ ޓެކްނީޝަން

އިޢުލާނު

މަޤާމު:

ޕްރިންސިޕަލް އައި.ސީ.ޓީ ޓެކްނީޝަން 

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8، ސްޓެޕް 1

ބޭނުންވާ އަދަދު:

 1

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ / ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓު

އަސާސީ މުސާރަ:

މަހަކު 12790.00  ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 5965.00ރުފިޔާ

ހާޒިރީ ޢިނާޔަތް:

ހާޒިރުވާ ދުވަހަކަށް -/160 ރުފިޔާ، (ސަތޭކަ ފަސްދޮޅަސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ދައުލަތުގެ ޕޭ ފްރޭމްވަރކުގެ މިންގަނޑުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮތޯރިޓީގެ ކޮމްޕިއުޓަރ އިންފްރާސްޓްރަކްޗަރ، ހާޑްވެއަރ، ނެޓްވޯކް އަދި ކަނެކްޓިވިޓީ ސިސްޓަމްތައް ރަނގަޅުކޮށް ސެކިއުރކޮށް ބެލެހެއްޓުން.
  2. އޮތޯރިޓީގެ  ނެޓްވޯކް އަދި އިންފްރާސްޓްރަކްޗަރަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ދެނެގަނެ، ޑައިގްނޯސްކޮށް، ހައްލުކުރުމާއި ނެޓްވޯކްގެ ސެކިއުރިޓީވަރުގަދަކޮށް ބެލެހެއްޓުން.
  3. އޮތޯރިޓީގެ ސަރވަރތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް މޮނިޓަރކޮށް ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި އެއްބާރުލުންދީ ސަރވަރގެ ސެކިއުރިޓީ ރަނަގަޅުކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ބަލައި ސެކިއުރިޓީ ރަނގަޅުކުރުން.
  4. އައި.ޓީ އިންފްރާސްޓްރަކްޗަރ އަދި ތަކެތި ރައްކާކުރުމާއި، ޕްރިވެންޓިވް މެއިންޓަނަންސް ކުރުމާއި، މެއިންޓަނަންސް ކަންކަން ޤަވާއިދާއި އެއްގޮތަށް ކުރިއަށްދޭތޯ  ކަށަވަރުކުރުން.
  5. މި އޮތޯރިޓީއަށް ބޭނުންވާ ސޮފްޓްވެއަރ އަދި ސޮފްޓްވެއަރ ލައިސެންސްތައް ދެނެގަނެ، ހޯދުމާއި، އިންސްޓޯލްކުރުމާއި، އަޕްޑޭޓްކުރުމާއި ބެލެހެއްޓުން.
  6. އޮތޯރިޓީގެ ސިސްޓަމްތައް އަޕްގްރޭޑްކުރާ ޕްލޭންތައް ހައްދައި، ޓެސްޓްކުރުމާއި، އިމްޕްލިމެންޓްކުރުމާއި، އަޕްގްރޭޑްކުރެވޭ ސިސްޓަމްތަކުގެ މެއިންޓަނެންސް ރެކޯޑު ބެލެހެއްޓުން.
  7. އޮތޯރިޓީގެ  ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ވެބް ބޭސްޑް ސިސްޓަމްތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ޑައިގްނޯސްކޮށް، ހައްލުކުރުމާއި، ބޭރުން ސަރވިސްދޭ ފަރާތްތަކާއި ހަވާލުކުރެވޭ މައްސަލަތަކުގައި ކޯޑިނޭޓްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  8. އޮތޯރިޓީގެ ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކުރުމުގެ އިތުރުން،  ސްޓޮކް އަދި އެހެނިހެން ސިސްޓަމްތަކުގައި ބޭނުންކުރާ ޑޭޓާބޭސްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. އޮތޯރިޓީގެ އީމެއިލް އެކައުންޓްތައް ބެލެހެއްޓުމާއި، ޔޫޒަރ އެކައުންޓް އަދި އެކްސެސް ޕާމިޝަންތައް ރެކޯޑުކޮށް މެނޭޖްކުރުން.
  10. އޮތޯރިޓީގެ ޕީ.ބީ.އެކްސް ސިސްޓަމް އަދި އެއާ ގުޅޭ ސަރވިސްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  11. އޮތޯރިޓީގެ ވެބްސައިޓު ޑިވެލޮޕް ކުރުމާއި ގެންނަންޖެހޭ އަޕްޑޭޓްތައް ވެބްސައިޓަށް ގެނެސް ޓެކްނިކަލް ސަޕޯޓްދިނުން.
  12. މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމް.ޑީ.އެސް) އާއި ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކް އަދި އެއާ ގުޅޭ ސަރވިސްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  13. އޮތޯރިޓީގެ އައި.ޓީ. ސެކިއުރިޓީ ކޮންޓްރޯލްތައް، ޔޫޒަރ އެކްސެސް، ސެކިއުރިޓީ އަޕްޑޭޓް އަދި އެންޑްޕޮއިންޓް ސެކިއުރިޓީ ބެލެހެއްޓުމާއި، އައި.ޓީ ސެކިއުރިޓީ މައްސަލަތައް ދެނެގަނެ ރިޕޯޓްކުރުމާއި ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކާއި ކޯޑިނޭޓްކުރުން.
  14. އޮތޯރިޓީގެ ޑޭޓާ ބެކަޕް ސިސްޓަމްތައް ބެލެހެއްޓުމާއި، ބެކަޕް ކުރެވޭކަން ކަށަވަރުކުރުމާއި، ޑޭޓާ ރީ-ސްޓޯރކުރުމާއި ޑިސާސްޓަރ ރިކަވަރީ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން.
  15. އޮތޯރިޓީގެ އައި.ޓީ ތަކެތީގެ އެސެޓް ރެކޯޑްތައް ބެލެހެއްޓުމާއި، ތަކެތީގެ ލައިފް ސައިކަލް، ވޮރެންޓީ އަދި ރިޕްލޭސްމަންޓް ކަންކަން ބެލަހައްޓައި މޮނިޓަރކުރުން.
  16. އޮތޯރިޓީގެ ޔޫޒަރތަކުގެ ބޭނުންތައް ދެނެގަނެ، އެނެލައިޒްކޮށް، ސިސްޓަމް އަދި އައި.ޓީ ސަރވިސްތައް ތަރައްޤީކުރުމަށް ޓެކްނިކަލް ލަފާދިނުން.
  17. އޮތޯރިޓީގެ އޮޓޮމޭޝަން އަދި ޑިޖިޓަލް ތަރައްޤީގެ ކަންކަމުގައި ސުޕަވައިޒަރަށް ލަފާ ދިނުމާއި، ޓެކްނޮލޮޖީ ސޮލިއުޝަންތައް ދެނެގަނެ ތަރައްޤީކުރުން.
  18. އައި.ޓީ. ވެންޑަރތަކާއި، ސަރވިސް ޕްރޮވައިޑަރތަކާއި، މި އޮފީހާ ގުޅޭ ބޭރު ފަރާތްތަކާއި ކޯޑިނޭޓްކޮށް، ސިސްޓަމް، ސަރވިސް އަދި ޓެކްނިކަލް މައްސަލަތައް ބަލައި ހައްލުކުރުން.
  19. އޮތޯރިޓީގެ ނެޓްވޯކް، ސިސްޓަމް، ސެކިއުރިޓީ، އެސެޓް އަދި މެއިންޓެއިނަންސް ކަންކަމާ ގުޅޭ ޑޮކިއުމެންޓޭޝަން އަދި ރެކޯޑްތައް ރައްކާކުރުން.
  20. މަތީގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އައި.ޓީ. އިންފްރާސްޓްރަކްޗަރ، ސިސްޓަމް އަދި ޓެކްނޮލޮޖީ ކަންކަމާ ގުޅޭ ގޮތުން ސުޕަވައިޒަރަށް ލަފާދިނުމާއި، އޮތޯރިޓީން ހަވާލުކުރާ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9  ގެ ސަނަދެއް ހާސިލް ކޮށްފައިވުން

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7  ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އިންފޮމޭޝަންِ ޓެކްނޮލޮޖީ ، ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ‫، ނެޓްވަރކިންގ ، ޕްރޮގްރާމިންގ، ސިސްޓަމް އެޑްމިނިސްޓްރޭޝަން، ވެބް ޑިވެލޮޕްމަންޓް،  ހާޑްވެއަރ އެންޑް ނެޓްވަރކްِ އެޑްމިނިސްޓްރޭޝަން، ކޮމްފިއުޓަރ ސައިންސް، ކޮމްޕިއުޓަރ ސޮފްޓްވެއަރ ޓެކްނޮލޮޖީ، ކޮމްފިއުޓަރ  ހާޑްވެއަރ ޓެކްނޮލޮޖީ، ޑޭޓާ ޕަރޮސެސިންގ ޓެކްނޮލޮޖީ، ސޮފްޓްވެއަރ އިންޖިނިއަރިންގ، އައިޓީ ޓްރެއިނަރ ، ޓެކްނިކަލް ޓްރެއިނަރ، ޓެކްނިކަލް ކޮންސަލްޓިން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި މި ފޯމު މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިއުކުރެވިފައިވާނެއެވެ.) http://fpa.gov.mv/dv/downloads/job-application-form
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސްޕިލްއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 2026 ނޮވެންބަރު 29 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.ސުންގަޑީގެ ފަހުން ލިބޭ އީމެއިލްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި އީމެއިލްއަށް އެޕްލިކޭޝަން ލިބުމުން ރިޕްލައިއެއް ފޮނުވޭނެއެވެ. ރިޕްލައި ލިބިލައްވާފައި ނުވާނަމަ ރަސްމީ ގަޑީގައި މި އޮތޯރިޓީގެ ނަންބަރު 3010551 އަށް ގުޅުއްވައި އީމެއިލް ލިބުނުކަން ޔަގީން ކުރެއްވުން އެދެމެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓު ލިސްޓުކުރުން:

  • މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކުގެ ތެރެއިން ތަޢުލީމާއި ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓުލިސްޓު ކުރެވޭނެއެވެ.

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2026 ޑިސެމްބަރ 02 އާއި ޑިސެންބަރު 17  އާއި ދެމެދުއެވެ.  އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ މިއޮތޯރިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަވިއު އަދި ޕްރެކްޓިކަލްއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓު (A2 ފޯމު)" ޢާންމުކުރުން:

  • އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަސްތެރޭގައި ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު އާއްމު ކުރެވޭނެއެވެ. އަދި، އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު) މި އިދާރާގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓު އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3010551  ނަންބަރަށެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ވެބްސައިޓު www.fpa.gov.mv އިން ލިބެން ހުންނާނެއެވެ.

19 ނޮވެންބަރު 2026
ހޯދާ