ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން ރާވައިގެން ހިންގުމަށް ބޭނުންވާ ތަރައްޤީގެ ޕްރޮގްރާމްތަކަށާއި، މަޝްރޫޢުތަކަށް މާލީ އެހީތެރިކަން (ގްރާންޓު) އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށާއި މުޖުތަމަޢަށް ފައިދާކުރާނެ ގޮތަށް ހއ. އިހަވަންދޫގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން ރާވައިގެން ހިންގުމަށް ބޭނުންވާ ތަރައްޤީގެ ޕްރޮގްރާމްތަކަށާއި، މަޝްރޫޢުތަކަށް މާލީ އެހީތެރިކަން (ގްރާންޓު) ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ވަނީ ނިންމާފައެވެ. މިކަމަށް ޝައުޤުވެރިވާ، ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ދަށުން ހއ. އިހަވަންދޫގައި ރަޖިސްޓްރީކޮށްގެން ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ޖަމްޢިއްޔާތަކުން 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯސަލް، (ގުޅޭ އެންމެހައި ލިޔެކިޔުންތައް  PDFފޯމެޓުގައި) މިކައުންސިލްގެ މެއިލްއަށް  [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމަވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި "ޖަމްޢިއްޔާތަކުގެ ގްރާންޓް ޕްރޮޕޯސަލް - [ޖަމްޢިއްޔާގެ ނަން]" މިހެން ޖައްސެވުމަށް ދަންނަވަމަވެ. އަދި އިދާރާއަށް ދުރުވެ ހުށަހަޅާނަމަ ސުންގަޑީގެ ކުރިން އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރަށް ސިޓީއުރައެއްގައި ބަންދުކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުމާއި ގުޅޭ މައުލޫމާތު ކަރުދާސް މިއިޢުލާނާ އެއްކަރުދާސް ކޮށްފައި އެވަނީއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިހަވަންދޫ ކައުންސިލް އިދާރާގެ ނަންބަރު6500013  އަށް ގުޅުއްވުން ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏                                   09‏ ޖުމާދަލްއާޚިރާ‏ 1448

19 ނޮވެންބަރު 2026
ހޯދާ