ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު (ކޯޓު ރޫމުގެ ސްޓޭޖް ހެދުން)

މިކޯޓުގެ ކޯޓްރޫމުގައި ސްޓޭޖްހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. 

މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. 

މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2026 ނޮވެމްބަރ 22 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޮޓޭޝަން މެއިލްކޮށްދެއްވުން އެދެމެވެ. ހުށަހަޅާ ކޯޓޭޝަންގައި އަގާއި އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފްކުރަން ބޭނުންފުޅުވާނަމަ 6500272 ނަންބަރު ފޯނާއި ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

19 ނޮވެންބަރު 2026
ހޯދާ