ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: |
ޓީޗަރ ( ޕީ. އީ ) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
||||||
ވަޒީފާ އޮތް އޮފީސް: |
އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި |
ގިންތި: |
ދާއިމީ |
||||||
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން |
އދ. އަތޮޅު މަދަރުސާ – އެކަޑަމިކް ސެކްޝަން (ގްރޭޑް 1-7) |
||||||||
މަޤާމުގެ ނަން |
މުސާރަ |
ކުލެސިފިކޭޝަން |
ރޭންކް |
އަސާސީ ޝަރުޠު |
|||||
ސީނިއަރ ޓީޗަރ |
-/10,640 |
CS15 |
CS15-5 |
|
|||||
-/10,320 |
CS15-4 |
|
|||||||
-/10,100 |
CS15-3 |
|
|||||||
-/9,910 |
CS15-2 |
|
|||||||
ޓީޗަރ |
-/9,850 |
CS13 |
CS13-5 |
|
|||||
-/9,360 |
CS13-4 |
|
|||||||
-/8,890 |
CS13-3 |
|
|||||||
-/8,440 |
CS13-2 |
|
|||||||
ޓީޗަރ |
-/8,250 |
CS11 |
CS11-5 |
|
|||||
-/7,840 |
CS11-4 |
|
|||||||
-/7,450 |
CS11-3 |
|
|||||||
-/7,070 |
CS11-2 |
|
|||||||
މަޤާމުގައި އަދާކުރަންޖެހޭ މަސްޢޫލިއްޔަތު: |
- ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެ މަތިން ގްރޭޑްތަކުގެ ކްލާސްތަކުގައި ކިޔަވައިދިނުން. - ލީޑިންގ ޓީޗަރާ ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ކިޔަވައިދިނުމާއި، ކުދިންނާ ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން. |
||||||||
އިތުރު އެލަވަންސްތައް:
|
- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/2500 ރުފިޔާ ލިބޭނެއެވެ. - އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތިރުގަޑީގެ ފައިސާ ލިބޭނެއެވެ. - އެކްރެޑިޓްކޮށްގެން ހުށަހަޅާ ކިޔަވައިދިނުމާގުޅޭ ސެޓުފިކެޓުތަކަށް އެޑިޔުކޭޝަން ކޮލިފިކޭޝަން އެލަވަންސް ލިބޭނެއެވެ. |
||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. - ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. |
||||||||
އިންޓަރވިއުކުރުން: |
- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 10-17 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައެވެ. އެކަން މިމަދަރުސާއިން އެފަރާތްތަކަށް އަންގަވަމުން ގެންދާނެއެވެ. |
||||||||
ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން: |
- ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ. |
||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ހ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.) ށ. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) ކ. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިޔުންތަކުގެ ކޮޕީ. |
||||||||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ. |
||||||||
އިތުރު މަޢުލޫމާތު: |
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތި މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6680021 ފޯނާ ގުޅުން އެދެމެވެ. |
20 ޖުމާދަލްއޫލާ 1437