ދިވެހިރާއްޖެ
އިޢުލާން
މި އޮފީހުގެ ނަންބަރު 216-MPAO/I/2016/03 (9 ފެބުރުވަރީ 2016) އިޢުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދިނުމަށް އެކަށީގެންވާ އަދަދަކަށް ހުށަހެޅުން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މި އޮފީސް ހިންގަން ހޯދާފައިވާ އާ އޮފީސް ޖާގައަށް ބޭނުންވާ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- ފާޓިޝަންޖެހުން
- ކާޕެޓްއެޅުން
- ބްލައިންޑްސް ހަރުކުރުން
- ފަރުނީޗަރު ސަޕްލައިކޮށްދިނުން
މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޕްރޮޕޯސަލް ބަލައިގަތުން:
ތާރީޚު: 2016 މާރިޗު 16 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު 20379
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރ: 1441
ފެކްސް: 3307759
އީމެއިލް: [email protected]
23 ޖުމާދަލްއޫލާ 1437