ޤައުމީ ކުތުބުޚާނާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު
                                އިޢުލާން
ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު
ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މި ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް 2016 މާރިޗު 23 ން 24 އަށް ހިންގުމަށް ހަމަޖެހިފައިވެއެވެ. ތިރީގައި މިވަނީ ތަމްރީން ޕްރޮގުރާމާ ގުޅޭ މަޢުލޫމާތެވެ.
- ތަމްރީން ދެވޭ ދާއިރާ: އިންފޮމޭޝަން ލިޓްރަސީ
- ތަން: ޤައުމީކުތުބުޚާނާ، އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސާރވިސަސް
- މުއްދަތު: 02 ދުވަސް
- ޖާގަ: 20
- ވޯކްޝޮޕް އަމާޒުކުރެވިފައިވާ ފަރާތްތައް: ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި ލައިބްރަރީތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް
ވީމާ، މިތަމްރީން ޕްރޮގުރާމްގައި ބައިވެރިވެލެއްވުމަށް އެދޭފަރާތްތަކުން ސީވީ ޤައުމީކުތުބުޚާނާގެ އީ-މެއިލް ([email protected]) އަށް 2016 މާރިޗު 20 ވާ އާދީއްތަ ދުވަހު، 14:00 ގެ ކުރިން މެއިލްކުރެއްވުން އެދެމެވެ. މި ތަމްރީން ޕްރޮގްރާމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (ފޯނު: 3340981) އަށެވެ.
22 ޖުމާދަލްއޫލާ 1437
             02 މާރިޗު 2016
            
        
                    ހޯދާ  
                
                 
                    