އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ލައިބްރޭރިއަން   

މަޤާމުގެ ނަންބަރު:

OD/22/2016/09‐ފ188

ބޭނުންވާ އަދަދު:

01

ރޭންކް:

ޖީ. އެސް 4

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދައިމީ

ސެކްޝަން:

އެކަޑަމިކް

މުސާރަ:

-/5020 ރުފިޔާ

ސާރވިސް އެލަވަންސް:

-/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި

މަޤާމުގެ ޝަރުޠުތައް

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި  އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

މަޤާމުގެ މަސްއޫލިއްޔަތު

 

1- ކަނޑައެޅިފައިވާ ވަގުތުތަކުގައި ލައިބުރަރީ ހުޅުވާފައި ބެހެއްޓުމާއި އެތަނުގެ ޚިދުމަތް ދަރިވަރުންނަށާއި މުވައްޒަފުންނަށް ފޯރުކޮށްދިނުން.

2- ލައިބުރަރީގައިވާ ފަރުނީޗަރާ އެހެނިހެން ތަކެތި ދުވަހުން ދުވަހަށް ތަރުތީބުކޮށް ސާފުތާހިރުކަމާއެކު ބެލެހެއްޓުން.

3- ލައިބުރަރީއަށް ގަޑިނެގުމަށް އަންނަ ދަރިވަރުންނަށް، މުދައްރިސްގެ އިރުޝާދާ އެއްގޮތަށް ފޮތްދޫކުރުމާއި އެގަޑިއެއް ނިމުމުން އަލުން ފޮތްތައް ތަރުތީބުކުރުން.

4- ލައިބުރަރީއަށް ބޭނުންވާ ގަވާއިދުތައް ސްކޫލުގެ ވެރިންގެ މަޝްވަރާއާއެކު ހަދައި ލައިބުރަރީގައި ފެންނަން ހުންނާނޭހެން ބެހެއްޓުން.

5- ސްކޫލުގައި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ދަރިވަރުންނަށާއި މުވައްޒިފުންނަށް ފޮތް އަދި އެހެނިހެން މެޓީރިއަލްސް ދޫކުރުމާއި އަނބުރައި ހޯދުން.

6- ލައިބުރަރީގައިވާ ފޮތްތައް ކެޓަގަރައިޒް ކުރުމާއި، ފޮތްތަކުގައި ލޭބަލް ހަރުކޮށް ސެލޯފިން ލައްވައި ބެލެހެއްޓުން.

7- ލައިބުރަރީގައި ހުންނަ ފޮތްތަކާއި މެޓީރިއަލްސްތައް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ރެކޯޑުކޮށް ބެލެހެއްޓުން.

8- ލައިބުރަރީން ދަރިވަރުންނަށާއި މުވައްޒަފުން އަދި އެހެން ފަރާތްތަކަށް ދޫކުރުވޭ ފޮތާއި އެހެނިހެން ތަކެއްޗަށް ޖޫރިމާނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގަވާއިދުން އެފަރާތްތަކުން ހޯދުމާއި، އެފައިސާގެ ހިސާބުތައް ދުވަހުން ދުވަހަށް ބަލައި ޗެކްކޮށް ރައްކާތެރިކަމާއެކު ފައިސާގެ ކަންތައްތައް ހަމަޖެހިފައިވާ އުސޫލުން ކޮށް ނިންމުން.

9- ލައިބްރަރީގެ އިންވެންޓްރީ ކޮންމެ އަހަރެއް ނިމުމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

10- ނައްތާލެވޭ ފޮތްތަކުގެ ރެކޯޑާއި ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

11- ފޮތްތެރިކަމަށް ހިތްޖެހޭނެ ގޮތެއްގެ މަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި މުދައްރިސުންނާއި ލީޑިންގ ޓީޗަރުންގެ އެހީގައި ކުރިއަށް ގެންދިއުން.

12- އިދާރީ އަދި ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި ސްކޫލަށް އެހީތެރިވެދިނުން.

13- ސްކޫލާއި ދަރިވަރުންގެ ކުރިއެރުމަށް އަދި މުވައްޒަފުންގެ އެއްބައިވަންތަކަމަށް ސްކޫލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވުމަށް، ސްކޫލުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

އިންޓަރވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަރވިއުކުރުން އޮންނާނީ 2016 މާރިޗު 10-17 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައެވެ.  އެކަން މިމަދަރުސާއިން އެފަރާތްތަކަށް އަންގަމުން ގެންދާނެއެވެ.  

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓްކުރުން:

- ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ އިންޓަރވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުޝައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިސްކޫލުގެ އޮފީހުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުގަމށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 09 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު:

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވުމަށް ގުޅުއްވާނީ އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ (ނަންބަރު: 6680757) އެވެ. އީމެއިލްކުރައްވާނީ ([email protected]/[email protected]) އަށެވެ.

20 ޖުމާދަލްއޫލާ 1437

01 މާރިޗު 2016
ހޯދާ