ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ނީލަން ކިޔުން

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ އިން ތިރީގައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން ކިޔާ ތަކެތި

ތަކެތީގެ އަދަދު (ލޓރ)

ނީލަން ކިޔަން ފަށާއަގު (ރުފިޔާ)

ފިއުލް ސްލަޖް

 46,192

34,644/-

 

މިތަކެތި ނީލަމުގައި ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑަށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ، ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.

ސެޝަންގެ ތަފްސީލް

ތާރީޙް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

22 ނޮވެމްބަރ 2026

ހެނދުނު 10:00

ފުނަދޫ

އަގުހުށަހެޅުން

23 ނޮވެމްބަރ 2026

ހެނދުނު 10:00

އެސް.ޓީ.އޯ ހެޑް އޮފީސް


އިތުރު މަޢުލޫމާތު:

  • ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވައިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، އެސް.ޓީ.އޯގެ އުޅަނދުގައި އެ ތަކެތި ހުރި ތަނަށް ގެންގޮސްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދެވިފައެވެ. ވީމާ، މި ތަކެތި ބައްލަވައިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެމްބަރު 2026 ވާ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، މާލޭގައި ހުންނަ މާލެ-ހުޅުމާލެ ފެރީ ޓާމިނަލަށް ވަޑައިގެންދެއްވުން އެދެމެވެ.
  • ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ބިލު ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަވަންވާނެއެވެ.
  • ފައިސާ ދެއްކެވުމަށްފަހު ވެރިފަރާތުން ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
  • ތަކެތި ގެންދެވުމަށް ދެވޭ މުއްދަތުގެ ތެރޭގައި މުދާ ނުގެންދާނަމަ، ބިޑް ބާޠިލްކޮށް، ކުންފުންޏަށް ފެންނަގޮތެއްގެ މަތީން މިތަކެއްޗާއިމެދު ޢަމަލުކުރެވޭނެއެވެ. މިފަދަ ޙާލަތެއްގައި، މުދަލުގެ އަގުގެ ގޮތުގައި ދައްކަވާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.
  • މުދާ ނުގެންދާ ފަރާތްތަށް، މިކުންފުނިން ކުރިމަގުގައި ބޭއްވޭ ނީލަންތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9181493 ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2026
ހޯދާ