ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޭޓަރިން ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ކޭޓަރިން ޚިދުމަތްފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
- 13 ޑިސެމްބަރ އިން 16 ޑިސެމްބަރ 2026 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ "އެސް އެސް ސީ އެގްޒާމްގެ ވޯކްސޮޕް އަދި މާރކިންގެ މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް " އަށް ކޭޓަރިން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި އިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތަކީ ބީލަން ފޮތުގެ ސެކްޝަން 3 ގައި ބަޔާން ކޮށްފައިވާ މަސައްކަތް ކޮށްދިނުމެވެ.
- މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން 2026 ނޮވެމްބަރ 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ޑިޕާޓްމަންޓްހިންގަމުންދާ މއ. އިއްޒުއްދީން ބިލްޑިންގގެ 4 ވަނަ ފަންގިފިލާ ލޮޖިސްޓިކްސް ޔުނިޓްގައި އޮންނާނެވެ.
- ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ނޮވެމްބަރ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ނޮވެމްބަރ 30 ދުވަހުގެ 10:30 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ މއ. އިއްޒުއްދީން ބިލްޑިންގ 4 ވަނަ ފަންގިފިލާގެ ލޮޖިސްޓިކްސް ޔުނިޓް ގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު [email protected] މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 3041395 އިންލިބިވަޑައިގަންނަވާނެއެވެ.
17 ނޮވެމްބަރ 2026
17 ނޮވެންބަރު 2026
ހޯދާ
