މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސަރވިސްއަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި، ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މާރިޗު 21 ވާ ހޯމަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް ބޭނުންވާ މަޢުލޫމާތު:

 

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މާއުލޫމަތާއި ކޯޓޭޝަނާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތު:

 

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، އަންނަ މުދާ، ތަކެތި ކްލިއަރ ކުރުމަށްފަހު އެތަކެތި ރައްދުކުރުން:

  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލޭގައި ހުންނަ)

 

 

 

މުއްދަތު:

  • 1 (އެކެއް) އަހަރު.

 

އަގު:   

  • ތަކެތި ހަވާލުކުރުމުގެ އަގު ކޯޓޭޝަނުގައި ވަކިވަކިން އެނގެން އޮންނަން ވާނެއެވެ. އަދި ޖުމުލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަނުގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

ތަކެތި ކްލިއަރ ކުރުމުގައި ޢަމަލުކުރަންވީ ކަންތައްތައް:

  1. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް 1 އަހަރުދުވަހުގެ ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދަލާއި، ތަކެތި ކަސްޓަމްސުން ކްލިއަރކުރުން.
  2. ނަންބަރު 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރު 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް އަގު ކަނޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާ ފަރާތުން ހުށަހަޅާފައިވާ އަންދާސީހިސާބުގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދުތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތަށް މަސައްކަތް ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފުސީލު އެނގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް ސަރަހައްދުން ނެރެންވާނެއެވެ.
  6. މުދާ ކަސްޓަމްސުން ކްލިއަރ ކުރުމަށް ބޭނުންވާ ލިޔެކިއުން މަސައްކަތް ހަވާލުވިފަރާތާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ހަވާލުކުރުމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލައި އެކަމެއް ރަނގަޅުކުރުމަކީ މަސައްކަތް ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި ހަވާލު ކުރުމަށް، މި ސަރވިސްއާއި ހަވާލުކުރުމުގައި، މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯއްދަވާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ.
  9. މާލޭ ކަސްޓަމްސް ސަރަހައްދުން މުދާ ނެރެ ހުޅުލެއަށް އެރުވުމުގެ ހުއްދަ އެއަރޕޯޓްސް ކޮމްޕެނީއާ ގުޅައިގެން ހޯދުމަކީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޒިންމާއެކެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވާއިރު ހުށަހަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓުގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓުގެ ރަޖިސްޓަރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީއެއް. (ރަޖިސްޓަރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • މި ބާވަތުގެ މަސައްކަތް ކުރުމުގައި ހޭދަކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް.

 

ކޯޓޭޝަން ހުށަހަޅަންޖެހޭ ތަން:

  • ހުޅުލޭގައި، (އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓްގައ) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް.

 

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި:

  • 2016 މާރިޗު 21 ވާ ހޯމަ ދުވަހުގެ 11:00 އަށް

އަންދާސީހިސާބުތަކަށް ޕޮއިންޓު ދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ޕޮއިންޓް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

(ށ) ޤާބިލުކަން

  • މަސައްކަތުގެ ދާއިރާއިން ފަންނީ މީހުން ތިބި ނަމަ:  06 ޕޮއިންޓް.
  • ހިންގުމުގެ ދާއިރާގައި މަސައްކަތާ ގުޅޭ ފަންނީ މީހުން ތިބިނަމަ: 04 ޕޮއިންޓް.

 

(ނ) ތަޖުރިބާ:

  • 0 -–5 އަހަރަށް  05 ޕޮއިންޓް.
  • 5 -–10 އަހަރަށް 10 ޕޮއިންޓް.
  • 10 -–15 އަހަރަށް  15 ޕޮއިންޓް.
  • 15 އަހަރަށް ވުރެ ގިނަނަމަ 20 ޕޮއިންޓް.

 

އިތުރު މަޢުލޫމާތު:

  • ތަކެތި ކްލިއަރ ކުރުމަށް އެގްރީމެންޓް ކުރެވޭނީ 1 އަހަރުދުވަހުގެ މުއްދަތަށެވެ.
  • ތަކެތި ކްލިއަރ ކުރުމަށްފަހު ގެންދާ ތަކެތި އެ އޮފީހަކުން ދައްކާ ތަނެއްގައި ބަހައްޓައިދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެ އޮފީހަކަށް މުދާ، ތަކެތި ގެންދާ ތާރީޚާއި ގަޑި އެންގުން.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކުރުން، އަދި ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
  • އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިއަށް ހުށަނާޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނެ ފޯން ނަންބަރަކީ 7576344 އެވެ. (މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ހެނދުނު 08:00 ން މެންދުރު ފަހު 02:00 އާ ދެމެދުގައެވެ)

 

ހުށަހެޅޭ އަންދާސީހިސާބު ބާޠިލު (ޑިސްކޮލިފައި) ކުރެވިދާނެ ގޮތްތައް:  

 

  • އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނޭޅުންް.
  • އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  • މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ކޮށްފައިވާ އެއްބަސްވުމާ ޚިލާފުވެގެން، ނުވަތަ "ބްލެކް ލިސްޓް" ކުރެވިފައިވާ ފަރާތަކުން ނުވަތަ އެފަރާތާ ގުޅުންހުރި (ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނީގެ ހިއްސާދާރެއް ހިމެނޭ ކުންފުންޏެއް ފަދަ) ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު.

23  ޖުމާދަލްއޫލާ 1437

03 މާރިޗު 2016
ހޯދާ