ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު

ނަންބަރު: 258/258/2026/94(IUL)                             

އިޢުލާން

      

ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލާއި، ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހދ. ހިރިމަރަދޫ (ހަނިމާދޫ އަވަށް) ގެ އެންމެހައި ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުން އޮންނާނީ 2026 ނޮވެންބަރު 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ޤުރުއާން ކްލާސް ހިންގާ އިމާރާތުގައެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  1. ކައުންސިލްގެ 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު އެކުލަވާލުމުގައި، ހިރިމަރަދޫގައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން.
  2. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލު އެކުލަވާލުމުގައި، ހިރިމަރަދޫގައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

6 ޖުމާދަލްއާޚިރަ 1448

15 ނޮވެމްބަރ  2026  

15 ނޮވެންބަރު 2026
ހޯދާ