ދިވެހިރާއްޖެ
އިޢުލާން
ތިނަދޫސިޓީ ކައުންސިލަށް އެކި ގޮތްގޮތުން ލިބެންޖެހޭ، ނުލިބި ހުރި ފައިސާއާއި ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ޤަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން
ތިނަދޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެހެނިހެން ގޮތްގޮތުން ނުލިބިހުރި ފައިސާގެ ތެރެއިން 2026 އޮކްޓޯބަރ 31 ގެ ނިޔަލަށް މި އިދާރާއަށް ލިބެންޖެހޭ، ނުލިބިވާ ފައިސާގެ ޢަދަދަކީ 45,804,913.86 (ސާޅީސް ފަސް މިލިއަން އައްލައްކަ ހަތަރުހާސް ނުވަސަތޭކަ ތޭރަ ރުފިޔާ އައްޑިހަ ހަ ލާރި) އެވެ. މި ފައިސާގެ ތަފްސީލް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ބިމުކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދެވުން އެދެމެވެ. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަން އިޢުލާންކުރަމެވެ.
