ދިވެހިރާއްޖެ
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
ތިރީގައި މިދަންނަވާ ސެކިއުރިޓީ ސޮފްޓްވެއަރ ރިނިއުކޮށް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
Description |
Item # |
WatchGuard XTM 850 Security Suite Renewal / Upgrade |
1 |
ހުށަހަޅަންވީ ތަކެތި
- އަންދާސީހިސާބު
- ސަޕްލައިކޮށްދެވޭނެ އަގު
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަސް ވާންވާނެއެވެ.
- ސަޕްލައިކޮށްދެވޭނެ މުއްދަތު - ޑެލިވަރީ
- ކުންފުނީގެ މަޢުލޫމާތު
- ކުންފުނީގެ ޕްރޮފައިލް (ފުރިހަމަ އެޑްރެސް، ފޯނު، ފެކްސް އަދި އީމެލް އެޑްރެސް ހިމަނަންވާނެއެވެ.)
- ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މާރިޗު 2014 އިން ފެށިގެން ފެބުރުވަރީ 2016ގެ ނިޔަލަށް މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެމަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުން) ހުށަހަޅަންވާނެއެވެ.
- ވޭތުވެދިޔަ ތިން މަސްދުވަހުގެ ( ނޮވެންބަރު 2015 އިން ޖަނަވަރީ 2016 ) ގެ އޮރިޖިނަލް ބޭންކް ސްޓޭޓްމަންޓް (ބޭންކުގެ ތައްގަނޑު ޖަހާފައިވާ) ހުށަހަޅަންވާނެއެވެ.
- ވޮރަންޓީ ސިޓީ – ވޮރަންޓީ ދޭ ފަރާތުން އައި.ޖީ.އެމް.އެޗަށް ވޮރަންޓީ ދޭނެކަމަށް ބަޔާންކޮށްފައިވާ ތަކެތި އުފައްދާ ފަރާތުގެ ހުއްދައިގެ ލިޔުން.
ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭ ގޮތުގެ ތަފުސީލު
# |
ކެޓެގަރީ |
މާކްސް |
މާކްސް ދެވޭ އުސޫލު |
1 |
އަގު |
75 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން |
2 |
ތަޖުރިބާ |
10 |
މަސައްކަތާ ގުޅުންހުރި 01 ލިޔުމަށް – 2.5 މާކްސް މަސައްކަތާ ގުޅުންހުރި 02 ލިޔުމަށް – 5 މާކްސް މަސައްކަތާ ގުޅުންހުރި 03 ލިޔުމަށް – 10 މާކްސް |
3 |
މުއްދަތު |
5 |
އެންމެ ކުރުމުއްދަތު ހުށަހަޅާ ފަރާތައް ގިނަ މާކްސް ލިބޭގޮތަށް ފްރެކްޝަން އުސޫލުން |
4 |
މާލީ ހާލަތު |
10 |
ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓް/އޮޑިޓް ރިޕޯޓަށް ބަލާފައި |
އަންދާސީހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް. ހޮސްޕިޓަަލަށް އައި.ޓީ ސެކިއުރިޓީ ސޮފްޓްވެއަރ ސަޕްލައިކޮށްދިނުމާގުޅޭ އިޢުލާނުކަމާއި އިޢުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 09 މާރިޗު 2016 ވާ (އަންގާރަ ދުވަހުގެ) 10:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ އެޑްމިން ބްލޮކްގެ (ފުރަތަމަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ. އަދި ބިޑްތައް ހުޅުވާނީ އެ ފަރާތްތަކުގެ ހާޒިރުގައެވެ.
ބީލަން ބާޠިލު ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މަޢުލޫމާތުގައި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭ ފަރާތާއި، ތިމާގެ ކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މަޢުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3335349 / 3335254 އަށް ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
23 ޖުމާދަލްއޫލާ 1437