އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގެ އިމުން ބޭރަށް ދޮރާއި އޭސީ ފަދަ ތަކެތި ނެރުމާބެހޭ

އިޢުލާނު

ގޯތީގެ އިމުން ބޭރަށް ދޮރާއި އޭސީ ފަދަ ތަކެތި ނެރުމާބެހޭ

         ޢިމާރާތްކުރުމުގެ ގަވާއިދުތަކުގެ ދަށުން، ޕޭވްމަންޓް ލެވެލްއިން ފެށިގެން 3 މީޓަރު ތިރިން މަގުމައްޗަށް ހުޅުވޭ ގޮތަށް ދޮރު ލުމާއި، މަގަށް ހިނގާ މީހުންނަށް އުނދަގޫވާ ގޮތަށް އޭސީ ބޭރު ޔުނިޓް ނެރެފައި ބެހެއްޓުމަކީ މަނާ ކަމެކެވެ. މި ކަންކަމަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި، މަގުމަތީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކަނޑައަޅާފައިވާ މުހިންމު އުސޫލުތަކެކެވެ.

ޢިމާރާތުގެ ބައިތައް މަގަށް ނެރުން:

       އަންނަނިވި ޙާލަތްތައް ފިޔަވައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ ޢިމާރާތުގެ އެއްވެސް ބައެއް ނުވަތަ ތަނެއް އިމުން ބޭރަށް މަގަކަށް ނުނެރެވޭނެއެވެ.

. މަގުގެ ފުޅާމިން 6 (ހަޔެއް) ފޫޓަށްވުރެ ހަނިނަމަ، އިމާރާތުގެ 2.743 (ތިނެއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ވުރެ މަތިން ޢިމާރާތުގެ ފުރާޅުގެ ދިޔަދޮވި 0.2 (ސުމެއް ޕޮއިންޓް ދޭއް) މީޓަރ ނުވަތަ 0.656 (ސުމެއް ޕޮއިންޓް ހައެއް ފަހެއް ހައެއް) ފޫޓު މަގަށް ނެރެވިދާނެއެވެ.

. މަގުގެ ފުޅާމިން 6 (ހަޔެއް) ފޫޓަށް ވުރެ ފުޅާނަމަ، ޢިމާރާތުގެ 2.743 (ތިނެއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ވުރެ މަތިން، ޢިމާރާތުގެ ފުރާޅާއި އަސްކަންޏާއި ދިޔަދޮވި، އިމުން ފެށިގެން 0.457 (ސުމެއް ޕޮއިންޓް ހަތަރެއް ފަހެއް ހަތެއް) މީޓަރު ނުވަތަ 1.499 ( އެކެއް ޕޮއިންޓް ހަތަރެއް ނުވައެއް ނުވައެއް) ފޫޓު މަގަށް ނެރެވިދާނެއެވެ.

މަގަށް ހުޅުވޭ ދޮރުތަކާ ބެހޭ:

         ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގެ ނުވަތަ ބިމުގެ މަގާ ގުޅޭ އިމުގައި ހުންނަ ދޮރާއި ޢިމާރާތުގައި ހުންނަ ކުޑަދޮރާއި ފެންލައިޓުގެ ދޮރުފަތް އިމުން ބޭރަށް މަގަށް ހުޅުވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

. އެފަދަ އެއްޗަކީ ދުވާރުން ފެށިގެން 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް) ފޫޓަށް ވުރެ ތިރިން އިމުން ބޭރަށް މަގަށް ހުރި އެއްޗެއްކަމުގައި ނުވުން.

. އެފަދަ އެއްޗަކީ ދުވާރުން ފެށިގެން 2.743 (ދޭއް ޕޮއިންޓް ހަތެއް ހަތަރެއް ތިނެއް) މީޓަރު ނުވަތަ 9 (ނުވައެއް)  ފޫޓަށް ވުރެ މަތިން، 0.457 (ސުމެއް ޕޮއިންޓް ހަތަރެއ ފަހެއް ހަތެއް) މީޓަރު ނުވަތަ 1.499 (އެކެއް ޕޮއިންޓް ހަތަރެއް ނުވައެއް ނުވައެއް) ފޫޓަށް ވުރެ ބޭރަށް ހުރި އެއްޗެއްކަމުގައި ނުވުން.

އޭސީ ބޭރު ޔުނިޓް (އައުޓްޑޯ ޔުނިޓް) ހަރުކުރުމާބެހޭ:

މަގަށް ނެރުން މަނާވުން: ގޯތީގެ އިމުން ބޭރަށް މަގުމައްޗަށް ނުކުންނަ ގޮތަށް އޭސީގެ ބޭރު ޔުނިޓް ހަރުކުރުމަކީ އިމާރާތްކުރުމުގެ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. އޭސީ ޔުނިޓް ހަރުކުރަން ވާނީ ގޯތީގެ އިމުގެ އެތެރޭގައި ނުވަތަ ބެލްކަނި ފަދަ އަމިއްލަ ޖާގައިގައެވެ.

ހޫނު ވައި ބޭރުވުން: މަގުމަތިން ހިނގާ މީހުންގެ ގަޔަށް ސީދާ އޭސީގެ ހޫނު ވައި އެޅޭ ގޮތަށް ތިރީގައި ޔުނިޓް ބެހެއްޓުމަކީ އާންމު އުނދަގުލެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

ފެން ތިކި ޖެހުން: އޭސީން ބޭރުވާ ފެން މަގުމައްޗަށް ނުވަތަ ޕޭވްމަންޓް މައްޗަށް ފައިބާ ގޮތަށް ހޮޅި ދޫކޮށްފައި ބެހެއްޓުމަކީ މަނާ ކަމެކެވެ. އެ ފެން ހުންނަން ވާނީ އިމާރާތުގެ ޑްރެއިނޭޖް ނިޒާމާ ގުޅާފައެވެ.

      ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ނޮވެންބަރު 2026
ހޯދާ