ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޮނަދޫ ކައުންސިލްގެ 08 ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

ތާރީޚް:

10 ނޮވެންބަރ 2026

ނަންބަރު:

(IUL)401-E/401/2026/46

01 ޖުމާދުލް އާހިރާ 1448

އިޢުލާނުގެ ވަނަ:

01

ފޮނަދޫ ކައުންސިލްގެ 08 ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

މި ކައުންސިލުންގެ 08 ވަނަ ފުޓްސަލް މުބާރާތް 06 ޑިސެމްބަރ 2026 (އާދީއްތަ) ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތް ހުޅުވާލެވިފައިވަނީ ފޮނަދޫގެ އެޑްރެހެއްގައި ރަޖިސްޓްރީ ވެގެން ހިންގާ ކްލަބު ޖަމްއިއްޔާ ޖަމާޢަތްތަކަށާއި ކުޅިވަރު އެކަޑަމީ ތަކަށެވެ.

ވިމާ، ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ކްލަބު ޖަމްއިއްޔާ ޖަމާޢަތްތަކާއި ކުޅިވަރު އެކަޑަމީ ތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.   

މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް:

 

ފޯމްހުށަހެޅުމުގެ ސުންގަނޑި:

  • 26 ނޮވެމްބަރ 2026 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރިން

ޓީމްލިސްޓް ހުށަހެޅުމުގެ ސުންގަނޑި:

  • 01 ޑިސެމްބަރ 2026 (އަންގާރަ) ދުވަހުގެ 14:00 ގެ ކުރިން

 

 

 

 

 

 

 

 

 

 

 

10 ނޮވެންބަރު 2026
ހޯދާ