ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ފަރާތްތަކުގެ ރުއްގަހާއި ބަހައްޓާފައިހުރި ތަކެތި ނެގުމާއިގުޅޭ:

އިޢުލާން

                ދ.ކުޑަހުވަދޫ އުރީދޫ އެންޓަނަރ ހުރި ބިމާއި ކައުންސިލްގެ ނާސަރީ އިން ފެށިގެން ރަސްމީ ވޮލީކޯޓް (01 ނަމްބަރު ވޮލީކޯޓް) އަދި މިހާރު ތަރައްޤީކުރާ ބަށިކޯޓާއި ދެމެދު އޮތް ހުސްބިމުގައި އެއްވެސް ފަރާތެއްގެ ރުއްގަހާއި އަދި ބަހައްޓާފައިވާ އެއްވެސް އެއްޗެއް ވާނަމަ، 25 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ 18:00 ގެ ކުރިން އެތަކެތިނަގާ ނިންމުމަށް އަންގަމެވެ. މި މުއްދަތުގެ ފަހުން އެސަރަހައްދު ސާފްކުރަމުންދާއިރު އެސަރަހައްދުގައި ހުރިތަކެތި ނަގާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިސަރަހައްދުގައި އެއްވެސް ފަރާތަކުން ތަކެތި ބެހެއްޓުމާއި ރުއްގަސް އިންދުމަކީ މަނާކަމެއްކަމުގައި ތަކުރާރުކޮށް އިއުލާންކޮށްފައި ވާނެކަމުގައި ދަންނަވަމެވެ. މިހާރަކަށް އައިސް ރަށުގެ ހުސްބިންތަކުގައި މިއިދާރާގެ ހުއްދަނެތި ތަކެތި ބެހެއްޓުމާއި، ގަސްއިންދާ ހައްދަމުންދާކަމުގެ މައުލޫމާތު ވަނީ މިއިދާރާއަށް ލިބިފައެވެ.

ވީމާ އިސްވެ ދެންނެވުނު މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެއްޗާއި މެދު ޤާނޫނާއި ޤަވާއިދު އަދި ހެދިފައިވާ އުސޫލާ އެއްގޮތައް އަމަލުކުރަމުން ދާނެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށްޓަކައި އަންގައި އިޢުލާން ކުރީމެވެ.

10 ނޮވެންބަރު 2026
ހޯދާ