މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަޔަވޯލްގެ ލައިސަންސް ގަނެ، ސަޕްލައިކޮށްދިނު ގުޅޭ

މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަޔަވޯލްގެ ލައިސަންސް ގަނެ، ސަޕްލައިކޮށްދިނު ގުޅޭ

 މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަޔަވޯލްގެ ލައިސަންސް ގަނެ، ސަޕްލައިކޮށްދިނުމަށް މިއިދާރާއިން ކުރި ނަންބަރ (IUL)213-PRC/213/2026/53 އިއުލާން އެކު ވާ ބިޑްގެ ބައެއް މައުލޫމާތު ބަދަލްވެފައި ވާތީ އެއިއުލާން ބާޠީލް ކޮށް  އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުމަވެ.

މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަޔަވޯލްގެ ލައިސަންސް ގަނެ، ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަން ފޮތް މިއިޢުލާން އެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
  2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 18 ނޮވެމްބަރ  2026 ދުވަހުގެ 00.00ގެ ކުރިން  ތިރީގައިވާ މެއިލްއަށް ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މައުލޫމާތު ފޮނުއްވުން އެދެމެވެ.
  • ކުންފުނީގެނަން، ރަޖިސްޓްރީ ނަންބަރ ، ގުޅޭނެ ނަންބަރ (ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާއިރު އިއުލާންގެ ނަންބަރ ޞުރުޚީއަކަށް ޖައްސަވަން ވާނެއެވެ.)
  • ރަޖިސްޓްރީ ކުރެއްވުމަށް ހުށައަޅުއްވާ ފަރާތްތަކަށް ރަޖިސްޓްރީ ވާހަކަ ދަންނަވަމެވެ.
  • މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ނޮވެމްބަރ 2026ދުވަހުގެ 11:00ކުރިން މި އިޢުލާންގެ 8 ވަނަ               ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  24 ނޮވެމްބަރ  2026ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކް މީޓިންގ ރޫމްގައި
  2. މިޕްރޮކިއުމަންޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25,000/-ރ. (ފަންސަވީސް ހާސް ދިވެހިރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  3. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ..
  4. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މޯލްޑިވްސް ޕޮލިޓެކްނިކް

ރެހެންދިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން:3002573

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

 

10 ނޮވެންބަރު 2026
ހޯދާ