އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2013 އާއި ގުޅިގެން ޝަކުވާ ހުށަހެޅުމާގުޅޭ

"ރިޔާސީއިންތިޚާބު 2013" އިންތިޚާބާގުޅޭގޮތުން ހުށަހެޅޭޝަކުވާތައް ބަލައިގަތުމަށްޓަކައި "ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯ" މިހާރުވަނީ ޕޯޓްސް ކޮމްޕްލެކްސްގެ ދެވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައެވެ.

ޝަކުވާ ހުށަހަޅާ ފޯމުލިބެންހުންނާނީ އިލްކްޝަންސް ކޮމިޝަންގެ ވެބްސައިޓުނާއި ޕީ.އޭ ކޮމްޕްލެކްސްގެ ދެވަނަފަންގިފިލާގައި ހުންނަ ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯގެ ކައުންޓަރުންނާއި ފަސްވަނަ ފަންގިފިލާއިގައި ހުންނަ އިލެކްޝަންސްކޮމިޝަންގެ އިދާރާގެ ކައުންޓަރުންނާއި ރަށްރަށުގެ ރަށު ކައުންސިލް އިދާރާތަކުގައި ޤާއިމް ކުރެވިފައިވާ އިލެކްޝަންސް ފޯކަލްޕޮއިންޓްތަކުންނެވެ.

ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯއަށް ގުޅޭނެ ނަންބަރުތަކަކީ 3004489 އަދި 3004492 އެވެ. މިބިއުރޯގެ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވީމާ، އީމެއިލްމެދުވެރިކޮށް ފޮނުވޭޝަކުވާތައްވެސް ބަލައިގަނެވޭނެ ވާހަކަދަންނަވަމެވެ.

ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯ ހުޅުވިފައިހުންނާނީ 28 ޖުލައި 2013 އިން 07 އޯގަސްޓް 2013 ހަމައަށް ހެނދުނު 9:00 އިން 14:00 އަށެވެ. އަދި 10 އޯގަސްޓް 2013 ފެށިގެން ޤައުމީ ކޮމްޕްލައިންޓްސް ބިއުރޯ ހުޅުވިފައިހުންނާނީ ހެނދުނު 08:00 އިން  16:00 އަށެވެ. ހުކުރުދުވަސްތަކުގައި މެންދުރުފަހު 14:30 ން 17:00 އަށެވެ. 

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

20 ރަމަޟާން 1434

28 ޖުލައި 2013
ހޯދާ